އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އަވަހާރަކޮށްލުމާ ގުޅިގެން، ޗައިނާއިން އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އިރާނުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ ވަރަށް ނުރައްކާތެރި އަމަލެއް ކަމަށާއި، މި ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ.
އަދި މިފަދަ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވެ، ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށްވެސް ޗައިނާއިން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ޗައިނާއިން ވަނީ ހަނގުރާމަވެރި އަމަލުތައް ވަގުތުން ހުއްޓާލުމަށާއި، މަސްރަހު އިތުރަށް ނުތަނަވަސްވިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާފައެވެ.
ދުނިޔޭގެ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރަމުން، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، ބާރުގެ ބޭނުންކޮށްގެން މައްސަލަތައް ހައްލުކުރުމުގެ ސިޔާސަތާ ޗައިނާއިން އަބަދުވެސް ދެކޮޅު ހަދާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އިރާނުގައި ތިބި ޗައިނާގެ ރައްޔިތުން ވީހާވެސް އަވަހަކަށް އެ ގައުމުން ފޭބުމަށްވެސް ޗައިނާ ސަރުކާރުން ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު