މިއަދުގެ ދުނިޔެއަކީ މާއްދިއްޔަތާއި އަމިއްލަ އެދުމުން ފުރިގެންވާ ދުނިޔެއަކަށް ވީހިނދު، މުޅި އިސްލާމީ އުންމަތް ނިދާފައިވާ ވަގުތެއްގައި، ޔަހޫދީންނާއި ދެކޮޅަށް އީރާންގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އިސްލާމީ އުއްމަތަށްޓަކައި އެދެއްކެވި ސާބިތުކާމާއި ހިއްވަރަކީ މުޅި ދުނިޔޭގެ ތާރީޚުގައިވެސް ރަންއަކުރުން ފަވާލެވޭނެ ފަދަ ނަމޫނާއެކެވެ.
އިސްލާމީ ބޮޑެތި ޤައުމުތަކާއި ވެރިން، މުއްސަނދިކަމާއި އަރާމާއި ލައްޒަތުގެތެރެއަށް ޣަރަޤުވެ، ފަލަސްތީނާއި އަލްއަޤްޞާގެ ދިފާއުގައި ހިމޭންވެފައި ތިބި ދަނޑިވަޅެއްގައި، އުމުރުން 86 އަހަރުގެ ދުވަސްވީ މި މުސްކުޅިބައްޕަ، ކާފަ އެންމެ ފަހު ނޭވަޔަށް ދާންދެން ހުންނެވީ އިސްލާމީ އުއްމަތް ހިމާޔަތް ކުރުމަށް ފަރުބަދައެއް ފަދަ ސާބިތުކަންމަތީގައެވެ.
މިއީ އަންނަން އޮތް އިސްލާމީ ޖީލުތަކަށް ކިޔައިދޭންޖެހޭ ފަޚުރުވެރި ވާހަކައެކެވެ.
ދުނިޔޭގެ ލައްޒަތާއި އާރާއި ބާރުގެ ކުރިމަތީގައި ކަކޫ ނުޖަހައި، ހަމައެކަނި ﷲ ގެ ވަޖުހުފުޅަށްޓަކައި ދީނުގެ ދިފާއުގައި ތެދުވި މިފަދަ ޝަޚުޞިއްޔަތުތަކަކީ އުންމަތުގެ ހަގީގީ ދިރުމެވެ. އަޅުގަނޑުމެންގެ ދަރިންނަށާއި ކާފަދަރިންނަށް މި މަންޒަރުތައް ސިފަކޮށްދޭންޖެހެއެވެ. އެއީ މުޅި ދުނިޔެ ހިމޭންވެފައި އޮތްއިރު، ހިތްވަރާއެކު "ﷲ އަކުބަރު" ގޮވައިލި އަޑު އިއްވި މީހުންނަކީ ކޮބައިކަން އެނގުމުގެ ހައްޤު އެކުދިންނަށް ލިބިގެންވާތީއެވެ.
އިސްލާމީ އުންމަތުގެ ޢިއްޒަތަކީ ހަމައެކަނި މުއްސަނދިކަމެއް ނޫނެވެ.
އެއީ މިފަދަ ސާބިތުވެ ތިބޭ އަބްޠާލުންގެ ސަބަބުން ލިބޭ މަތިވެރި ޝަރަފެކެވެ. މިއަދު އަޅުގަނޑުމެންގެ ލޯމަތިން މިފެންނަނީ، ގިނަ ބަޔަކު ދުނިޔޭގެ އަރާމަށްޓަކައި އީމާންކަން "ވިއްކާލަމުން" ދާއިރުވެސް، އުމުރުގެ ފަހުބައިގައި ހިތްވަރާއެކު ދީނުގެ ދިފާއުގައި މަސައްކަތްކުރާ މަންޒަރެވެ. މި ތާރީޚީ ހަގީގަތް އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ޒިންމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު