މިއަދު އިސްރާއީލުން އީރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި، އެ ގައުމުގެ ޑިފެންސް މިނިސްޓަރު އާމިރު ނަސީރުޒާދާ އާއި އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ކޮމާންޑަރު މުހައްމަދު ޕަކްޕޫރު އަވަހާރަވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މިކަން ކަށަވަރުކޮށްދީފައިވަނީ ސަރަހައްދީ މަސްދަރުތަކާއި އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކާ ބެހޭ މައުލޫމާތު އެނގޭ ތިން މަސްދަރަކުން ރޮއިޓާސްއަށް ދީފައިވާ މައުލޫމާތުތަކުންނެވެ.
މި ހަމަލާތަކަކީ އިސްރާއީލާއި އެމެރިކާ ގުޅިގެން "އޮޕަރޭޝަން ލަޔަންސް ރޯ" ގެ ނަމުގައި އީރާނުގެ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ދިން ހަމަލާތަކެކެވެ.
ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާތަކުގައި އީރާނުގެ ރޫހީ މުރްޝިދު އާޔަތުﷲ އަލީ ޚާމަނޭއީ އާއި ރައީސް މަސްއޫދު ޕެޒެޝްކިއަންގެ އޮފީސް ކޮމްޕްލެކްސްތަކަށް ވެސް ވަނީ އަމާޒުކޮށްފައެވެ. ނަމަވެސް، ޚާމަނޭއީ މިހާރު ރައްކާތެރި ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
އީރާނުގެ އަސްކަރީ އިސްވެރިންގެ މަރާއެކު މުޅި ސަރަހައްދުގެ މަސްރަހު ވަނީ ނުހަނު ބޮޑަށް ގޯސްވެފައެވެ. އީރާނުން މިހާރު ވަނީ މި ހަމަލާތަކަށް "ގަދަފަދަ ރައްދެއް" ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
އަދި މި ހަމަލާތަކާ ގުޅިގެން އީރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށް، ގައުމީ ސަލާމަތީ ކައުންސިލުން ވަނީ ކުއްލި ބައްދަލުވުންތަކެއް ބާއްވަން ފަށާފައެވެ. މިއީ ފަހުގެ ތާރީޚެއްގައި އީރާނުގެ އަސްކަރީ ލީޑަޝިޕަށް ލިބުނު އެންމެ ބޮޑު އެއް ގެއްލުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު