މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެދުއިރުމަތީގައި މިއަދު ފަށާފައި ހަނގުރާމައާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހާ ދިވެހިން ސަލާމަތާ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މިވަގުތު ތިބި ދިވެހިން ބޭރުތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދުކުރުމަށާއި އެގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ މި ސަރަޙައްދުގައި މިވަގުތު ތިބި ދިވެހިންގެ ހާލަތު، އެ މިނިސްޓްރީންނާއި މެދުއިރުމަތީގައި ހުންނަ ރާއްޖޭގެ އެމްބަސީތަކުން ގާތުން ބަލަމުންދާ ކަމަށެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ރާއްޖޭގެ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް ވެސް ވަނީ އެދިފަ އެވެ.
މި ސަރަޙައްދުގައިވާ އެމްބަސީތަކާއި މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ތިރީގައި އެވަނީ އެވެ:
ދޯހާ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896 +
ޔޫ.އޭ.އީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97126740200 +
ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477 +
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް)
މެދުއިރުމަތީގެ ހަނގުރާމަ ފެށުނީ އެމެރިކާއާއި އިސްރާއީލުން އީރާނުގެ އެކި ސަރަހައްދުތަކަަށް ދިން ހަމަލާތަކާ ގުޅިގެންެނެވެ. ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އީރާނުން ވަނީ އިސްރާއީލަށާއި، މެދުއިރުމަތީގައި އެމެރިކާ ސިފައިން ގާއިމުވެ ތިބޭ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ފޮނުވައިފައެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ޔޫއޭއީގެ، އަބޫދާބީއާއި ދުބާއީގެ ބައެއް ސަރަހައްދުތަކުން ގޮވުންތަކުގެ އަޑުވަނީ އިވިފައެވެ. ގިނަ އަދަދެއްގެ ދިވެހީން، ޔޫއޭއީ، ސައުދީ، އަދި ގަތަރުގައި އެކި ބޭނުންތަކުގައި ދިރިއުޅޭއިރު މި ހަމަލަތަކާ ގުޅިގެން ގިނަ އެއާލައިންތަކެއްގެ ފްލައިޓުތައް ކެންސަލްކޮށް މަޝްރަޙު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު