ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެއްވެސް ރަށަކަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އާޓިފިޝަލް ބީޗުގައި ޕީއެންސީން ބޭއްވި ތަރާވީހެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންތިހާބުތަކާ ދިމާކޮށް ރަށްރަށަށް ދިއުމަކީ އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތެއް ނޫން ކަމަށާއި، އިންތިހާބަކާ ގާތްކޮށް ރައްޔިތުން ގާތަށް ދާން ބޭނުންފުޅު ނުވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކެމްޕޭނަށް ވަޑައިނުގެންނެވި ނަމަވެސް، ރަށެއްގައި ހިންގާ ބޮޑު މަޝްރޫއެއް ނިމިގެން އެކަން ފާހަގަކުރުމަށް ރަށުގެ ރައްޔިތުން ދައުވަތު ދީފިނަމަ އެ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ އިންތިހާބުތަކާ ދިމާކޮށް ކަންކަން ކުރުމުގެ ބަދަލުގައި، އިންތިހާބުގެ ކުރިން ރައްޔިތުންގެ ބޭނުންތައް ދެނެގަނެ އެކަންކަން ފުއްދައިދިނުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު