ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވަނީ، ސަރުކާރާ ދެކޮޅު 57 ކައުންސިލެއްގެ ސަބަބުން ރަށްރަށުގެ މަޝްރޫއުތައް ނުފެށިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެއީ ބޮޑު އިތުރުފުޅެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
އިޖުތިމާއީ މީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން މަހުވެސް ރައީސް މުއިއްޒު ގެންދަވަނީ އިތުރުފުޅު ހެއްދެވުމުގައި ހައްދުފަހަނައަޅައި ދަމުން ކަމަށެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވުމަށް މާތްﷲ ގަންދީ ހުވާކުރައްވައިގެން ވީ ބުހުތާނު ދޮގު ވައުދުތަކަށްފަހު، މިއަދު ފެންނަނީ ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ރަށު ކައުންސިލްތައް ބަދުނާމު ކުރަމުންދާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒަކީ އަމިއްލަ އަންބޮޑި ބޮޑުކުރުމަށްޓަކައި މުޅި އުމުރު ދޮގާއި އޮޅުވާލުމުގައި ހޭދަކުރައްވާ ބޭފުޅެއްގެ ގޮތުގައި އައްބާސް ސިފަކުރެއްވިއެވެ. އަދި ވެރިކަމަށް ވަޑައިގަތީވެސް "ހުސްގޮނޑި" ދައްކަވައިގެން ހެއްދެވި ބޮޑެތި އިތުރުފުޅުތަކުން ކަމަށާއި، މިހާރު ރޯދައަށް ހުންނަވައިގެން ކައުންސިލްތަކުގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުމަކީ ގައުމު ދެކޭނެ އެންމެ ހީލަތްތެރި އަމަލު ކަމަށް އޭނާ ވިދާޅުވިއެވެ.
އައްބާސްގެ ވާހަކަފުޅުގައި، ލާމަރުކަޒީ ގާނޫނަށް މިފަހުން ގެނެވުނު އިސްލާހުތަކަށް ބަލާއިރުވެސް، ރައީސް ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަފުޅުތަކެއްކަން ސާބިތުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރަށު ކައުންސިލްތައް ބަދުނާމު ކުރުން ހުއްޓާލުމަށާއި، ހެއްދެވި ފަރާތުގެ މަތިން ހަނދުމަކޮށް ތައުބާވުމަށް ރައީސް މުއިއްޒަށް އައްބާސް ވަނީ ނަސޭހަތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު