ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ، އިންތިހާބުތަކާ ދިމާކޮށް ރަށްރަށަށް ގޮސް "ކަޑަ ޖެހުމުގެ" ނުވަތަ ރައްޔިތުންނަށް ދަޅަދެއްކުމުގެ އާދަ އަށަގަނެފައިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި "ދިވެހިންގެރާއްޖެ ތަރާވީސް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަކީ ޑިމޮކްރަސީގައި އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އަދި މިހާރު އޮންނަ ގޮތުން ދެ އިންތިހާބުގެ ދެމެދުގައި ހަމަސް ދުވަހުގެ މުއްދަތެއް އޮތުމުގެ ބަދަލުގައި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ޕީއެންސީން މަސައްކަތް ކުރަމުންދާ ކަން އެމަނިކުފާނު ވިދާޅުވިއެވެ.
"މީގެ އެއް ފައިދާއަކީ ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް ލިބޭ މަގުފަހި ކުރުން އެހެން މި ދަންނަވާ ސަބަބަކީ އަޅުގަނޑުމެންގެ ތާރީހުން ފެންނަ ގޮތުގައި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ރައްޔިތުން ވޯޓުލާން ނުކުމެފައި ވަނީ،" ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާ އަޅާބަލާއިރު، މަޖިލިސް އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުކަން ފާހަގަކުރައްވައި، މީގެ ކުރިން ބޭއްވި އިންތިހާބުތަކުގެ ތަފްސީލްތައް ވެސް ރައީސް ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ މަދު ބަޔަކު ވޯޓުލައިގެން މަންދޫބުން ހޮވުމަށްވުރެ، ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު މަންދޫބުން ހޮވުމަކީ ޑިމޮކްރަސީގެ ފުރިހަމަ ސިފަ ކަމަށެވެ.
"ރައްޔިތުންނަށްޓަކައި ބޭނުންވާ ގާނޫނުތައް ފާސްކޮށް ދިނުމާއި ގާނޫނުތައް އިސްލާހު ކުރުމާއި ސަރުކާރުން ހުށަހަޅާ ބަޖެޓު ފާސްކޮށްދިނުމާއި މިފަދަ ކަންކަން ކުރަން ރައްޔިތުން ފަރާތުން ހޮވާ މަންދޫބުން މަޖިލިހަށް ފޮނުވާއިރުގައި މަދު ބަޔަކު ވޯޓުލައިގެން އެމީހުން ހޮވުމަށް ވުރެ ގިނަ ރައްޔިތުން ވޯޓުލައިގެން ހޮވުމަކީ ޑިމޮކްރަސީއެއްގައި އޮންނަން ޖެހޭނެ ފުރިހަމަ ގޮތް. އެހެންވީމަ އެންމެ ގިނަ ރައްޔިތުން ވޯޓުލާ ރިޔާސީ އިންތިހާބު އޮންނަ ދުވަހު މަޖިލިސް އިންތިހާބަށް ވޯޓުލެވޭ ގޮތަށް ހަދައިފި ނަމަ، ވަރަށް ގިނަ ރައްޔިތުން އެ ދުވަހު ނުކުމެ، އެ ރައްޔިތުންގެ މެމްބަރުން ހޮވުމުގެ ފުރުސަތު ލިބިގެން އެބަދޭ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބަޖެޓާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓުގައި ގިނަ މަޝްރޫއުތަކެއް ހިމެނުމަށް މަސައްކަތް ކުރެއްވި ނަމަވެސް، ބަޖެޓު ފާސްވެގެން އައިއިރު މަޝްރޫއުތައް ހިންގޭނެ ފައިސާ ހިމަނާފައި ނެތުމުން ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.
"އަޅުގަނޑު ހިމެނިން ބައިވަރު މަޝްރޫއުތައް 2024 ގައި (ބަޖެޓު) ގައި ހިމަނަން އެ ފަހަރު. ނަމަވެސް ވީ ގޮތަކީ 2023 ގެ ނޮވެމްބަރުގެ ނިޔަލަށް ބަޖެޓު ފާސްވެގެން ދިޔައިރުގައި މަޝްރޫއުތަކުގެ ނަން ހިމެނިފައި ހުރީ. ބަޖެޓު ފާސްވިއިރު މަޝްރޫއުތައް ހިންގޭ ވަރަށް އެއްވެސް ވަރަކަށް ފައިސާއެއް ބަޖެޓުގައި ހިމަނާފައެއް ނެތް. އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ދިމާވި. ގާތްގަނޑަކަށް 10 މަސް ދުވަސް ދަތިތަކުގައި ކުރިމަތިލާން ޖެހުނު،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަލަށް ގެންނަ މި ބަދަލާއެކު ރައްޔިތުން ނިންމާ ނިންމުމާ އެއްގޮތަށް ސަރުކާރުގެ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ފެށިގެންދާނެ ކަމަށެވެ. އަދި ދައުރެއް ފެށިގެންދާއިރު މަސައްކަތްތައް ދާނީ އެއް ވިސްނުމެއްގައި، އެއްވާނެއްގައި، ރައްޔިތުން އެދޭ އަމާޒަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި އެކަމަށް ތާއިދުކޮށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު