އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އިންޑިއާ އޮތީ އިޒްރޭލާއެކު ސާބިތުކަމާއެކު ކޮނޑާއި ކޮނޑު ޖައްސައިގެން ކަމަށާއި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެގައުމާއެކު ދެގޮތެއްނުވެ އިންޑިއާ ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިއްޔެ ދެއްވާފައެވެ.
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ، 2023 އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކުގައި ވަކިވެދިޔަ ކޮންމެ ފުރާނައަކަށާއި، އެ ހާދިސާގައި ދިރިއުޅުން ބަރުބާދުވެގެންދިޔަ ކޮންމެ އާއިލާއަކަށް، އިންޑިއާގެ ރައްޔިތުންގެ ފަރާތުން ނުހަނު ފުން ހިތާމައާއި ތައުޒިޔާ ރައްދުކުރައްވާ ކަމަށެވެ.
އިޒްރޭލުގެ ރައްޔިތުންނަށް ލިބެމުންދާ ތަދާއި ހިތާމައިގައި އިންޑިއާ ބައިވެރިވާކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވީ، މި ދަނޑިވަޅުގައާއި ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާ އޮންނާނީ ސާބިތުކަމާއެކު އިޒްރޭލާ އެކީގައި ކަމަށެވެ.
މީގެ އިތުރުން، އިންޑިއާއިން އިޒްރޭލަށް ފުރިހަމަ އިތުބާރާއެކު ތާއީދުކުރާކަން ހާމަކުރައްވަމުން، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެގައުމާއެކު ދެގޮތެއްނުވެ އިންޑިއާ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ވަނީ ތަކުރާރު ކުރައްވާފައެވެ.
މި ދަނޑިވަޅުގައި އިންޑިއާގެ ރައްޔިތުން ތިބީ އިޒްރޭލުގެ ރައްޔިތުންނާ އެކުގައިކަން ފާހަގަކުރައްވައި، މޯދީ ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އަލުން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް މި ވާހަކަފުޅުތަކާ ގުޅިގެން، ދިވެހި ސަރުކާރުން މިކަމުގައި ގެންގުޅޭނެ ސިޔާސަތަކާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
ރާއްޖެއަކީ އަބަދުވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ގައުމަކަށް ވީނަމަވެސް، އިންޑިއާ ފަދަ ގާތް އެކުވެރި ގައުމެއްގެ އިސްވެރިއަކު ދައްކަވާ ވާހަކައެއް ސީދާކޮށް ކުށްވެރިކުރުމަކީ ޚާރިޖީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެކެވެ.
އެހެންކަމުން، ބޮޑުވަޒީރު މޯދީގެ އެދެއްކެވި ވާހަކަޔާމެދު ދިވެހި ސަރުކާރުން ރަސްމީކޮށް އެއްޗެއް ބުނުމަކީ ނާދިރު ކަމެއް ކަމަށް ސިޔާސީ މުރާސިލުން ދެކެއެވެ.
އޭގެ ބަދަލުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައި އޮންނާނީ އިންޑިއާއާއެކު އޮތް ގުޅުން ދަމަހައްޓަމުން، ފަލަސްތީނުގެ މިނިވަންކަމަށް އޮތް ތާއީދު ވަކިން ފާޅުކުރުމުގެ މައްޗަށް ކަމަށް ބެލެވެއެވެ. މި މައްސަލައިގައި ދިވެހި ސަރުކާރުން ހަނދާން ނެތިކޮށްލާފައިވާ ފަލަސްތީނުގެ އިންސާނީ ހައްގުތަކުގެ ވާހަކަ އާއި އިންޑިއާގެ ނުފޫޒާ ދެމެދު އޮތް ހަމަހަމަކަން ހިފެހެއްޓުމަކީ މި ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ކިޔުންތެރިންގެ ހިޔާލު