ދައުލަތުގެ މާލީ ހާލަތާއި ދަރަނީގެ ތަފްސީލުތައް ހާމަކުރުން މަދުވެ، މުހިންމު ހިސާބުތަކެއް "ސިއްރު" ކުރަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އިގްތިސާދީ މާހިރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ އަހަރީ އަދި ކުއާޓަލީ ހިސާބުތަކުގެ އިތުރުން، ދައުލަތުގެ ދަރަނީގެ ތަފްސީލީ ރިޕޯޓުތައް ވެސް މިހާރު ވަނީ އާންމުންނަށް ނުފެންނަ ގޮތަށް ސިއްރުކޮށްފައި ކަމަށެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރެމުން އައި މާލީ ހިސާބުތައް ނެރުން ހުއްޓާލާފައިވާތީ، އެއީ ގައުމުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަމުގެ ހެއްކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޝަމްހީދު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތައް ބަގުރޫޓުވަމުންދާތީ އެ ކުންފުނިތަކުގެ މާލީ ރިޕޯޓުތައް ފޮރުވަން މަސައްކަތް ކުރި ނަމަވެސް، މުޅި ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކޮށް ހިފެހެއްޓުމަކީ ބޮޑު ސުވާލެއް އުފެދޭ ކަމެކެވެ.
ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ، ބޭރުގެ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ދަށްކުރަމުންދާ ދަނޑިވަޅެއްގައި، މާލީ ހާމަކަން ބޮޑުކުރުމުގެ ބަދަލުގައި މައުލޫމާތު ސިއްރުކުރުމަކީ ބޭރުގެ އިންވެސްޓަރުންނާއި މާލީ އިދާރާތަކުގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށް މާހިރުން އިންޒާރު ދެއެވެ.
ދައުލަތުގެ ދަރަނި މިއަހަރު 1.1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކަކީ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ.
މިފަދަ ނާޒުކު ދަނޑިވަޅެއްގައި ފިނޭންސް މިނިސްޓްރީން ހިސާބުތައް ފޮރުވަން ފެށީ، ދައުލަތުގެ ކޭޝްފްލޯ މެނޭޖުނުކުރެވި، އިގްތިސާދީ ގޮތުން "ބަނގުރޫޓުވުމުގެ" މަގަށް ގައުމު މިސްރާބު ޖަހާފައިވާތީ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިކަމާ ގުޅިގެން ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވީ ނަމަވެސް، މާލީ ހިސާބުތައް ހާމަނުކުރުމަކީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފު، ކަންބޮޑުވާންޖެހޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު