ބަޓަރ ޗިކަން އަކީ ރޮށްޓާއި ފަރާޓާ، ނާނު އަދި ބަތާއެކު ވެސް ކާލަން ވަރަށް މީރު ބާވަތެކެވެ. މިއީ ރޯދަ ވީއްލާ ގަޑިއަށްވެސް ވަރަށް ކަމުދާނެ، ކުދިބޮޑު އެންމެންނަށްވެސް ކަމުދާނެ މީރު ކެއުމެކެވެ.
ބޭނުންވާ ތަކެތި:
1 މޭޒުމަތީ ސަމުސާ އެކްސްޓްރާ ވަރޖިން އޮލިވް އޮއިލް، 1 ފިޔާ (ކޮށާފައި)، 1/4 ޖޯޑު އަން ސޯލްޓެޑް ބަޓަރ، 1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)، 2 ބޮޑު ލޮނުމެދު (ގާނާފައި)، 500 ގްރާމް ބޯންލެސް ޗިކަން (ހަންނޮޅައި ކޮށައިފައި)، 1 މޭޒުމަތީ ސަމުސާ ގަރަމް މަސާލާ، 1 ސައިސަމުސާ މުގުރި މިރުސް، ½ ސައިސަމުސާ ލޮނު، ¼ ސައިސަމުސާ އަސޭމިރުސް (މުގުރާފައި)، 1 ޖޯޑު ޓޮމާޓޯ ސޯސް، 2 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް، 2 ސައިސަމުސާ ލެމަން ޖޫސް، ¼ ޖޯޑު ޕްލެއިން ޔޯގަޓް، ½ ޖޯޑު ހެވީ ކްރީމް، ½ ޖޯޑު ހޯލް މިލްކް
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ތެއްޔެއް ނުވަތަ ތަވައެއްގައި އެކްސްޓްރާ ވަރޖިން އޮލިވް އޮއިލް ހޫނުކޮށްލާށެވެ. ކޮށާފައި ހުރި ފިޔާކޮޅު އަޅައިލުމަށް ފަހު، ފިޔާކޮޅު ރަތްވެލަންދެން ހަތަރު ވަރަކަށް މިނިޓެއްހާއިރު މެދުމިނުގެ ހޫނު މިނުގައި ބަހައްޓައިގެން މީރުކޮށްލާށެވެ.
ދެން ބަޓަރުކޮޅު އަޅައިލުމަށް ފަހު، އެ އެއްކޮށް މެލްޓް ވާންދެން މަޑުގިނީގައި ބަހައްޓައިލާށެވެ. ބަޓަރުކޮޅު ވިރުމުން، ގާނާފައި ހުރި ލޮނުމެދާއި އިނގުރުކޮޅު އަޅައިލުމަށްފަހު ގާތްގަނޑަކަށް 30 ސިކުންތު ވާންދެން ކައްކައިލާށެވެ. އެޔަށްފަހު ކޮށާފައި ހުރި ކުކުޅުކޮޅު އެއްކޮށްލުމަށް ފަހު ދެ މިނިޓެއްހާ އިރު ކައްކާލާށެވެ.
ބާކީ ހުރި ތަކެތީގެ ތެރެއިން ގަރަމް މަސާލާއާއި، މުގުރި މިރުހާއި، އަސޭމިރުހާއި ލޮނުކޮޅު އަޅައިލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޓޮމާޓޯ ސޯސް، ޓޮމާޓޯ ޕޭސްޓް، ލެމަން ޖޫސް، ޔޯގަޓް، ހެވީ ކްރީމް އަދި ހޯލް މިލްކް ފޮދު އަޅައިލާށެވެ. ދެން ރަނގަޅަށް ހުރިހާ ތަކެތި އެއްކޮށްލާށެވެ. މީޑިއަމް ހީޓްގައި ބަހައްޓައިގެން، ސޯސްގަނޑު ކުޑަކޮށް އޮލަވެ ހިކިލަންދެން ދިހަވަރަކަށް މިނިޓް ކައްކާލާށެވެ.
މިހާރު މިވަނީ ވަރަށް މީރު ބަޓަރ ޗިކަން ތައްޔާރުކޮށް ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު