މިއަދު މިގެނެސްދޭ "ކްރީމީ ގާލިކް ޗިކަން" އަކީ ޗީޒީ ކްރީމީ ރަހަތަކަށް ލޯބިކުރާ މީހުންނަށް ވަރަށް ކަމުދާނެ މީރު ކެއުމެކެވެ.
ކުކުޅަށް ބޭނުންވާ ތަކެތި:
2-3 ޗިކަން ބްރެސްޓް (މެދުން ފަޅާލާފައި ނުވަތަ ބޮޑެތިކޮށް ތުނިކޮށް ކޮށައިފައި)، 4 މޭޒުމަތީ ސަމުސާ ގޮދަން ފުށް، 4 މޭޒުމަތީ ސަމުސާ ޕާމެސަން ޗީޒް (ހިމުންކޮށް ގާނާފައި)، 2 ސައިސަމުސާ ލޮނު، 1 ސައިސަމުސާ ގާލިކް ޕައުޑަރ ނުވަތަ ލޮނުމެދު (ގާނާފައި)، ½ ސައިސަމުސާ އަސޭމިރުސް (ބްލެކް ޕެޕަރ، ރާޅުކޮށް މުގުރައިފައި)
ސޯސްގަނޑަށް ބޭނުންވާ ތަކެތި:
5 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް (ޒައިތޫނި ތެޔޮ)، 2 މޭޒުމަތީ ސަމުސާ ބަޓަރު، 1 ފިޔާ ކުޑަ (ހިމުންކޮށް ކޮށާލައިފައި)، 10-12 ލޮނުމެދު، ¼ 1 ޖޯޑު ޗިކަން ސްޓޮކް، ¼ 1 ޖޯޑu ހެވީ ކްރީމް، ½ ޖޯޑު ޕާމެސަން ޗީޒް (ހިމުންކޮށް ގާނާފައި)، 2 މޭޒުމަތީ ސަމުސާ ތާޒާ ޕާސްލޭ (ސާވްކުރުމަށް)
ތައްޔާރު ކުރާނެ ގޮތް:
ގާލިކް ޕައުޑަރު ނުވަތަ ގާނާފައި ހުރި ލޮނުމެދާއި ލޮނާއި އަސޭމިރުސް ކުކުޅުގެ ތެރެއަށް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާފައި ބަހައްޓާށެވެ. ތިލަ ބޯތަށްޓެއްގައި ފުށާއި ކުކުޅަށް ގާނައިފައި ހުރި ޕާމެސަން ޗީޒާއި ރަނގަޅަށް އެއްކޮށްލާށެވެ. ދެން ކުކުޅުތައް އެއަށްލާ ރަނގަޅަށް ފުށްތައް ކުކުޅުގައި އުނގުޅާލާށެވެ.
ތަވަޔަކަށް 2 މޭޒުމަތީ ސަމުސާ ތެލާއި 1 މޭޒުމަތީ ސަމުސާ ބަޓަރު އަޅާލުމަށްފަހު މެދުމިނުގެ ހޫނުމިނުގައި އުނދުން ބަހައްޓައިގެން ހޫނުކޮށްލާށެވެ. ތެޔޮގަނޑު ހޫނުވުމުން ފުށްލައިފައި ހުރި ކުކުޅުތައް ތަވަޔަށް އަޅާލައިފައި ފުށުން ޖަހައި ގަދަ ބްރައުން ކުލަ އަރާންދެން ކޮންމެ ފަރާތެއް ފަސް މިނިޓެއްހާއިރު ފިހެލާށެވެ. ފުރަތަމަ ކުކުޅުތައް ފިހެވުމުން ނަގައި އެހެން ތަށްޓަކަށް ލުމަށް ފަހު ޕޭޕަރ ޓަވަލަކުން ތަވާ ރަނގަޅަށް ސާފުކޮށްލުމަށް ފަހު އަނެއްކާވެސް ބަޓަރާއި ތެޔޮ އެޅުމަށްފަހު ބާކީ ހުރި ކުކުޅު ކޮޅުވެސް ގަދަ ބްރައުންކުލަ އަރާލަންދެން ފިހެލާށެވެ.
ކުކުޅުތައް ފިހެފައި ހުރި ތެޔޮގަނޑު ތެރެއަށް ފިޔާ އަޅާ ލުމަށްފަހު މަޑުގިނީގައި ބަހައްޓައިގެން މޯޅިވެލަންދެން މީރުކޮށްލާށެވެ. ހަ ލޮނުމެދު ޗިސްކޮށްލުމަށްފަހު އަދި ބާކީ އޮތް ހަ ލޮނުމެދު އޮތްގޮތަށް ފިޔާ އެތީގެ ތެރެއަށް އަޅާލާށެވެ. އަދި ބާކީ ހުރި ތެޔޮ ފޮދުވެސް ތަވަޔަށް އަޅާލުމަށްފަހު ލޮނުމެދުގެ ރަހަގަނޑު ނުކުމެލަންދެން މެދުމިނުގެ ހޫނުމިނުގައި ދެތިން މިނިޓު ވާންދެން ކައްކާލާށެވެ. ދެން ޗިކަން ސްޓޮކް އޭގެ ތެރެއަށް އަޅާލުމަށްފަހު އިތުރު ފަސް މިނިޓު ވާންދެން ކައްކާލާށެވެ.
އުނދުނުގެ ގިނި މަޑުކޮށްލުމަށްފަހު ކްރީމްކޮޅު ތަވަޔަށް އަޅާލުމަށްފަހު ދެތިން މިނިޓު ވާންދެން ކައްކާލާށެވެ. ގާނާފައި ހުރި ޕާމެސަން ޗީޒް އަޅާލުމަށްފަހު ޗީޒްތައް ރަނގަޅަށް މެލްޓްވާންދެން ދެތިން މިނިޓު ކައްކާލާށެވެ. ދެން އަސޭމިރުހާއި ލޮނު ސޯސްގަނޑުގެ ތެރެއަށް އަޅާލުމަށްފަހު ލޮނު ހެޔޮވަރުކޮށްލާށެވެ. ކުކުޅުކޮޅު ތަވަޔަށް އަޅާލުމަށް ފަހު އިތުރު ދެތިން މިނިޓު ވާންދެން ކައްކާލާށެވެ.
ސާވްކުރާއިރު މުގުރި އަސޭމިރުކޮޅަކާއި ޕާސްލޭ އަޅާލާށެވެ. ރޮށްޓާއި ފަރާޓާ ނުވަތަ ބަތާއެކުވެސް ކްރީމީ ގާލިކް ޗިކަން ވަރަށް މީރުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު