ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" މަޝްރޫޢުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި މިހާތަނަށް 5،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ، އެންޑް އިންފްރާސްޓަކްޗަރ އިން ހާމަކޮށްފިއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ހުޅުވާލި މި ފުރުޞަތުގައި މިހާތަނަށް ޖުމްލަ 5،067 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 3،434 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 1،633 ފޯމެވެ. މީގެ އިތުރުން، ޕޯޓަލް މެދުވެރިކޮށް ފޯމު ފުރުމުގެ "ޑްރާފްޓް" މަރުޙަލާގައި 11،304 ފޯމު ހުރި ކަމަށްވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 1،250 އާއި 15،000 އާ ދެމެދުގެ އަދަދަކަށް ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މާލޭ ރަށްވެހިންނަށާއި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލޭ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.
ފްލެޓް ދޫކުރުމުގެ އުޞޫލަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ޖުމްލަ 7،900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެއީ މާލޭ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1،500 ފްލެޓް، އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2،400 ފްލެޓެވެ. މި ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެއާއި ވިލިމާލެ ހިމެނޭ ސަރަޙައްދުންނެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސްކީމްގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 4 ވަނަ ދުވަހެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ތެރެއިން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ގިނަ އަދަދެއްގެ ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު