މ. ދިއްގަރުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެ ރަށުގައި 75 ހައުސިން ޔުނިޓު ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތްތަކުގެ ފައުންޑޭޝަން އެޅުމަށްޓަކައި އެތަން ކޮނުމުގެ މަސައްކަތެވެ. 2024 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ ދަށުން އިމާރާތް ކުރެވޭ ކޮންމެ ހައުސިން ޔުނިޓެއްގެ ބޮޑުމިނުގައި 1000 އަކަފޫޓު ހުންނާނެއެވެ.
މި ޔުނިޓުތައް ފަރުމާކޮށްފައިވަނީ އާއިލާތަކަށް ދިރިއުޅެން ފަސޭހަވާނެ ފުރިހަމަ ވަސީލަތްތަކާ އެކުގައެވެ. އެގޮތުން ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރިއާއި، ތިން ފާޚާނާއާއި، ސިޓިންގް ރޫމާއި، ބަދިގެއާއި، ކާގެއާއި، ލޯންޑްރީގެ އިތުރުން ސްޓޯރޫމެއް ހިމެނެއެވެ. މީގެއިތުރުން މި ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން ކުޑަކުދިންގެ ޕާކަކާއި، ވެހިކަލް ޕާކުކުރާނެ ޚާއްޞަ ސަރަހައްދެއް ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ދިއްގަރުގައި 1300 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާއިރު، ކުރީ ސަރުކާރުން ވަނީ އެރަށުގައި 25 ހެކްޓަރުގެ ބިން ހިއްކައި، 138 މީޓަރުގެ ބޭރުތޮއްޓަކާއި، 700 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއްގެ އިތުރުން 332 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓެއް ޖަހައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިއްގަރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަން އިޢުލާނު ކުރައްވާފައެވެ. އެގޮތުން މި ހައުސިން މަޝްރޫޢު އިތުރަށް ފުޅާކުރުމުގެ އިތުރުން، ރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމާއި، ބަނދަރު ބޮޑުކުރުމާއި، އަދި ސްކޫލަށް އިތުރު ނުވަ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު