ސްވީޓް ޕޮޓޭޓޯއަކީ ދިވެހިން އާއްމުކޮށް ރިހަ ކައްކައިއުޅޭ ބާވަތެއް ނޫނެވެ. ނަމަވެސް މިއީ ވަރަށް ތަފާތު، ފޮނި އަދި ކުޅި ކެއުންތައް ތައްޔާރުކުރާ، ރަހަ މީރުބާވަތެކެވެ. ބަތާއި، ރޮށްޓާއި އަދި ފަރާޓާއާއެކު ރޯދަ ވީއްލާ ގަޑީގައި އިންސާފުކޮށްލަން މިއީ ވަރަށް ކަމުދާނެ ރިހައެކެވެ. މި ރެސިޕީއަށް ބަލައިގެން ތަޖުރިބާ ކޮށްލާށެވެ.
ބޭނުންވާ ތަކެތި:
1 ބޮޑު ކައްޓަލަ ނުވަތަ ބައި ކިލޯ ކައްޓަލަ، 1 ޒުކިނީ (ފޮތިކޮށްލައިފައި)، 1 ބެލް ޕެޕަރ (ފޮތިކޮށްލާފައި)، 3 ލޮނުމެދު (ގާނާލައިފައި)، ½ ސައި ސަމުސާ އިނގުރު (ގާނާފައި)، 2 މޭޒުމަތީ ސަމުސާ ކަރީ ޕޭސްޓް (ރިހަ ހަވާދު)، 400 ގްރާމް ޓޮމާޓޯ (ކޮށައިފައި)، 1 ޖޯޑު ބޯވެލިފަތް (ސްޕިނެޗް)، 100 އެމް އެލް ކްރީމް ނުވަތަ ކިރު (ބޭނުންނަމަ)، 3 މޭޒުމަތީ ސަމުސާ ކެޝޫނަޓް (ހަނާކޮށްފައި)
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ކައްޓަލަތައް މަށާލުމަށްފަހު ކުދިކޮށް ކިޔުބުކޮށް ކޮށާލާށެވެ. ދެން ތެޔޮފޮދެއް އެއްކުރުމަށްފަހު އެއް ލޭޔަރަށް ބޭކިން ޓްރޭގައި ފަތުރާލާށެވެ. 190 ޑިގްރީގައި އަވަން ބަހައްޓައިގެން، ކައްޓަލަތަކުގެ އަރިމަތި ހަރުވެލަންދެން ރަނގަޅަށް ހަނާކޮށްލާށެވެ.
ކައްޓަލަކޮޅު ހަނާކުރެވެމުންދާއިރު، ބޮޑު ތަވަޔަކަށް ތެޔޮފޮދެއް އެޅުމަށްފަހު އުނދުން މައްޗަށް އުދާށެވެ. ތެޔޮގަނޑު ހޫނުވުމުން ތަރުކާރީ ކޮޅާއި، ލޮނުމެދާއި، އިނގުރުކޮޅު އަޅާލުމަށްފަހު ރަނގަޅަށް ދޭފަތުން އެއްކޮށްލާށެވެ. މީޑިއަމް ހީޓްގައި ބަހައްޓައިގެން ފަސް މިނިޓެއްހާއިރު ކައްކާލުމަށްފަހު، ކަރީ ޕޭސްޓް ނުވަތަ ހަވާދުކޮޅު އަޅާލައިގެން އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ.
އަވަނުން ކައްޓަލަކޮޅު ހަނާވުމުން، ތަވާގައި ހުރި ތަރުކާރީ ކޮޅުގެ ތެރެއަށް ކައްޓަލަތައް އަޅާލާށެވެ. އަދި ޓޮމާޓޯ އާއި ބޯވެލިފަތްވެސް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާފައި ފަސް މިނިޓާއި ދިހަ މިނިޓާ ދެމެދު ކައްކާލާށެވެ. ރިހަގަނޑު އޮލަކޮށްލަން ބޭނުންނަމަ ކިރު ފޮދެއް ނުވަތަ ކްރީމްކޮޅު މިވަގުތު އަޅާލެވިދާނެއެވެ.
ރިހަ ކައްކާ ނިމުމުން، ސާވް ކުރަން ތަށިތަކަށް އަޅާއިރު، އޭގެ މައްޗަށް ކުރިން ހަނާކޮށްފައި ހުރި ކެޝޫނަޓްކޮޅު ބުރުވާލާށެވެ. އޭރުން ކާއިރު ވަރަށް މީރު ރަހައެއް ލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު