ޗާގޯސްގެ ރަށްވެހިންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް، ޗާގޯސްއަށް ކުރަށްވަން އުޅުއްވި ދަތުރަށް އިނގިރޭސި ސަރުކާރުން ނުފޫޒު ފޯރުވައި، ދިވެހި ސަރުކާރު މެދުވެރިކޮށް ހުރަސްއަޅާފައިވާ ކަމަށް އޭނާ ތުހުމަތު ކުރަށްވައިފިއެވެ.
ޗާގޯސްގައި ދާއިމީކޮށް ވަޒަންވެރިވުމަށް މަސައްކަތް ކުރަމުންދާ އެ ސަރަހައްދަށް ނިސްބަތްވާ ހަތަރު މީހަކަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހިފައިގެން ދަތުރުކުރާ ބޯޓެއް ފޮނުވުމަށް، ފަރާޖް މިހާރު ހުންނެވީ ރާއްޖޭގައެވެ. އޭނާ ރޭއްވެވީ އެ ބޯޓުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެން ޗާގޯސްއަށް ދަތުރުކުރެއްވުމަށެވެ. ނަމަވެސް، އެކި ފަރާތްތަކުން ލިބުނު އިންޒާރުތަކާ ގުޅިގެން އެ ދަތުރުގައި ފަރާޖް ބައިވެރިނުވާނެކަން ފޭސްބުކް މެދުވެރިކޮށް އޭނާ ހިއްސާކުރި ވީޑިއޯއެއްގައި ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.
ފަރާޖް ވިދާޅުވީ، އޭނާ ޗާގޯސްގެ "އީލް ޑު ކޮއިން" އަށް ފައިބައިފާނެތީ، އެކަން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން ބޭނުންވާކަމުގެ މަޢުލޫމާތު ދިވެހި ސަރުކާރުގެ އިސް މަސްދަރަކުން އޭނާއަށް ދީފައިވާ ކަމަށެވެ. އަދި އޭނާއާ ބެހޭގޮތުން އިނގިރޭސިވިލާތުން ވަރަށް ބޮޑަށް ކަންބޮޑުވެ، އޭނާ ރާއްޖޭގައި ހުންނަ ސަބަބު އޮޅުންފިލުވަން ބޭނުންވާ ކަމަށް މަސްދަރުތަކުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ޗާގޯސް ޖަޒީރާތަކަށް ދިޔަ ނުދިނުމަށް އިނގިރޭސި ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެބަކުރޭ. މިއީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މިޝަނެއް. އަދި އަޅުގަނޑު ހުރުމުގެ ސަބަބުން މި މުހިންމު މަސައްކަތަށް އެއްވެސް ނޭދޭވޭ އަސަރެއް ކުރާކަށް ބޭނުމެއް ނޫން." ފަރާޖް ވިދާޅުވިއެވެ.
އޭނާ ތުހުމަތުކުރަށްވަނީ، އެހީގެ ބޯޓަށް އޭނާ އެރުން ހުއްޓުވުމަށްޓަކައި އިނގިރޭސި ސަރުކާރުން ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށާއި ސަރުކާރަށް ވެސް ޕްރެޝަރު ކުރިމަތިކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ފަރާޖް ވިދާޅުވީ، އިނގިރޭސި ޕާސްޕޯޓު އޮތް އިނގިރޭސި ރައްޔިތަކު، އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަކަށް ދިއުން ހުއްޓުވުމަށް މިފަދަ މަސައްކަތެއް ކުރާނެ ކަމަށް ގަބޫލުކުރަން ވެސް ދަތި ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު، މިދުވަސްވަރަކީ ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދާ ވަގުތެކެވެ. ޚާއްޞަކޮށް، ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބައިނަލްއަގުވާމީ ކޯޓުން ނިންމާފައިވީ ނަމަވެސް، އެ ސަރަހައްދުގެ ކަނޑުގެ ބައެއްގެ މައްސަލައިގައި ރާއްޖެއާ ދެމެދު ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.
މި މައްސަލައިގައި ސަރުކާރުގެ އިސް އޮފިޝަލަކާއި ޙަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވަނީ، ދިވެހި ސަރުކާރުން ފަރާޖްގެ ދަތުރަށް އެއްވެސް ކަހަލަ ހުރަހެއް އަޅާފައި ނުވާނެ ކަމަށެވެ. އަދި އިނގިރޭސި ސަރުކާރުގެ ރަސްމީ އިދާރާއަކުން މިކަމުގައި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޗާގޯސް މައްސަލައަކީ ދިވެހިރާއްޖޭގެ މަސްލަހަތާ ސީދާ ގުޅުންހުރި މައްސަލައަކަށް ވުމުން، މިފަދަ ހަރަކާތްތަކަށް ރާއްޖެއިން ވަރަށް ބޮޑަށް ފާރަވެރިވާނެ ކަމަށް މަސްރަހް ދިރާސާ ކުރަށްވާ ބޭފުޅުން ވިދާޅުވެއެވެ.
1960ގެ އަހަރުތަކުގެ ފަހުކޮޅު ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހެދުމަށް ޗާގޯސްގެ ރަށްވެހިން މަޖުބޫރުން ބޭރުކޮށްފައިވާއިރު، އެ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން މިހާރު ވަނީ އެއްބަސްވެފައެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ޗާގޯސްއަކީ ރާއްޖޭގެ ހައްގަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެ، އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު ހިމާޔަތްކުރައްވާނެ ކަމަށް އިއުލާނުކުރައްވާފައެވެ. މި މައްސަލައިގައި ރާއްޖޭގެ އަސްކަރިއްޔާއިން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާއިރު، އިނގިރޭސިވިލާތުން ދެކޭގޮތުގައި މިއީ ހަމައެކަނި އެ ގައުމާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު