އެންމެހައި ފަރާތްތަކުގެ ޙައްޤުތަކާއި ކަރާމާތް ނެގެހެއްޓިފައިވާ، ހަމަހަމަ އަދި ޝާމިލު މުޖުތަމަޢުތައް ބިނާކުރުމުގެ އަޒުމުގެ މަތީގައި ދިވެހިރާއްޖެ ދެމިއޮންނާނޭކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އިޖުތިމާޢީ އަދާލަތުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މެސެޖުގައި ވިދާޅުވީ، އިޖުތިމާޢީ އަދާލަތަކީ ހަމައެކަނި އުންމީދެއް ނޫންކަމަށާއި، އެއީ ސުލްހަވެރި، ވިލުންތެރި، އަދި ހަމަހަމަ މުޖުތަމަޢުތައް ބައްޓަންކުރުމަށް މަގުދައްކައިދޭ އަސާސެއް ކަމަށެވެ. އަދި ޝާމިލުކަން ކަށަވަރުކުރުމަށް މުޖުތަމަޢުތައް ބާރުވެރިކުރުވައި، ތަފާތުތައް ކުޑަކުރުމަށްޓަކައި އާ ޢަޒުމެއްގައި މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން، އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށާއި، ނާޒުކު ޖަމާޢަތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ރައީސް މުޢިއްޒު އަލިއަޅުއްވާލެއްވިއެވެ.
އެގޮތުން "ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސް" ގައި ރާއްޖެއިން ބައިވެރިވުމަކީ އިޖުތިމާޢީ އަދާލަތު ޤާއިމުކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަޒުމަށް ލިބޭ އިތުރު ބާރެއްކަމަށާއި، މީގެ ސަބަބުން ޤައުމީ ސިޔާސަތުތަކުގައި ބައިނަލްއަޤުވާމީ މިންގަނޑުތައް ހިމެނިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚާއްޞަ ޚިދުމަތްތަކަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ފައްޓަވާފައިވާ އާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މިކަމުގެ ސަބަބުން އުނގެނުމާއި މުޖުތަމަޢުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެ، ހެއްކަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ބިންގާ ހަރުދަނާވެފައިވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތައް ފުޅާކުރުމާއި، ޞިއްޙީ ޚިދުމަތްތައް ތަރައްޤީކުރުމާއި، ހަމަހަމަ އިޤްތިޞާދީ ފުރުސަތުތަކާއެކު އަބުރުވެރި މަސައްކަތްތަކަށް ފުރުސަތު ދިނުމަކީ ސަރުކާރުން ބޮޑު އަހުމިއްޔަތުކަމެއް ދޭ ކަންކަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވީ، އިޖުތިމާޢީ އަދާލަތަކީ ހަމައެކަނި ވެވޭ ވަޢުދަކަށް ނުހަދައި، އެއީ ދުނިޔޭގެ ޙަޤީޤަތަކަށް ހެދުމަށް އެންމެހައި ފަރާތްތަކުން މަސައްކަތްކުރުމަށް ގޮވާލައްވަމުންނެވެ. މި ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ، އިޖުތިމާޢީ އަދާލަތު ޤާއިމުވުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފުރުސަތުތަކާއި ކަރާމާތް އަދި ރައްކާތެރިކަން ކަށަވަރުވުންކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ އިޖުތިމާޢީ އަދާލަތުގެ ދުވަހަކީ، ފަޤީރުކަމާއި ބާކީކުރުމާއި ނާއިންސާފާ ދެކޮޅަށް އަޑުއުފުލުމަށް ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.

ކިޔުންތެރިންގެ ހިޔާލު