ކާޑެއްދޫ ފަޅުވުމާއި ކޮލަމާފުށްޓާ ހުރި ތާރީޚީ ގުޅުން
ގދ. ކާޑެއްދޫއަކީ ކުރީގެ ޒަމާނުގައި ވަރަށް ތަނަވަސް އަދި ބޮޑު އާބާދީއެއް ދިރިއުޅެމުންދިޔަ ރަށެއް ނަމަވެސް، އެ ރަށް ފަޅުވެގެން ދިޔަ ގޮތާ މެދު ތާރީޚީ ގޮތުންނާއި ފޯކްލޯރުގެ ތެރޭގައި ތަފާތު ވާހަކަތަކެއް ދެކެވެއެވެ.

މިގޮތުން އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ކާޑެއްދޫ ގޮއިމަކަލޯ އާއި ވާދޫ ކަންވެރި ކަލޭގެފާނާ ދެމެދު އުފެދުނު ފަންޑިތަވެރިކަމުގެ ވާދަވެރިކަމެއްގެ ތެރެއިން، "ބާސްމާނު" ނަމަކަށް ކިޔާ ވަރުގަދަ ފަންޑިތައެއް ނާކާމިޔާބުވެ، އޭގެ ސަބަބުން މުޅި ކާޑެއްދޫގެ އާބާދީ އެއްދުވަހެއްގެ ތެރޭގައި މަރުވެ ހުސްވި ވާހަކައެވެ. މި ހާދިސާ ހިނގި ވަގުތު، ކާޑެއްދޫ ފަޅުތެރޭގައި ކޮލަމާފުށީގެ ބައްތެއްޔެއް އޮތް ކަމަށް ތާރީޚުން އެނގެއެވެ.
ކާޑެއްދޫގެ އެންމެން މަރުވެ، ރަށުން ދިިރިހުރި އިންސާނަކު ފެންނަން ނެތުމުން، ކޮލަމާފުށީ ބައްތެލީގައި ތިބި މީހުން އެ ރަށުގެ ގެތަކުގައި ހުރި މުދާތައް ބައްތެއްޔަށް އަރުވައިގެން ކޮލަމާފުށްޓަށް ގެންދިޔަ ކަމަށް ބުނެވެއެވެ.
މި ޚަބަރު ކޮލަމާފުށްޓަށް ލިބުމާއެކު، އެ ރަށުގެ ގިނަ ބަޔަކު ކާޑެއްދޫއަށް ގޮސް އެ ރަށުގައި ހުރި މުދާތައް އުފުލައި ހުސްކުރިއެވެ. ނަމަވެސް، މި ހާދިސާއަށް ފަހު ކޮލަމާފުށީގެ ގިނަ ގެތަކެއްގައި ގޮތް ނޭނގޭ އަލިފާނުގެ ހާދިސާތައް ހިނގައި، މީހުންގެ މުދާތައް އަނދައި ހުލިވަމުން ދިޔަކަން ފާހަގަކުރެވެއެވެ.
މި އާދަޔާޚިލާފު އަލިފާނުގެ ހާދިސާތަކަކީ ކާޑެއްދޫއިން ގެނައި މުދަލާއެކު، އެ ރަށުގެ ފަންޑިތަވެރިޔާ ގެންގުޅުނު ޖިންނި ކޮލަމާފުށްޓަށް ގޮސް ކުރި ކަންތައްތަކެއް ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ.
ކާޑެއްދޫ ފަޅުވުމުގެ ހަގީގީ ސަބަބަކީ ބަލިމަޑުކަމެއް ކަމަށް ވުން އެކަށީގެންވީ ނަމަވެސް، ތާރީޚީ ގޮތުން މި ވާހަކަ ގުޅިފައިވަނީ ކޮލަމާފުށީގެ މުދާވެރިކަމާއި އެ ރަށަށް ދިމާވި އަލިފާނުގެ ހާދިސާތަކާއެވެ. މިއީ ހުވަދު އަތޮޅުގެ ތާރީޚުގައި ކާޑެއްދޫ އާއި ކޮލަމާފުށްޓާ ދެމެދު އޮތް ވަރަށް ފާހަގަކޮށްލެވޭ ތާރީޚީ ގުޅުމެކެވެ.

ކިޔުންތެރިންގެ ހިޔާލު