ރޯދަ މަހުގެ ކެއުމާ ބުއިމުގެ ކަން ކަމުގައި ހަށިގަނޑަށް ފައިދާ ހުރި ތަކެތި ބޭނުން ކުރުމަކީ، ވަރަށް މުހިންމު ކަމެކެވެ. އެގޮތުން މިފަހަރު މިހިއްސާކޮށްލާ ރެސިޕީ އަކީ ރޯދަ ވީއްލައި ކަރު ހިއްކުން ފިލުވާލައި، ހަށިގަނޑަށް ލުއި ބުއިމެކެވެ.
ބްރެޒީލިއަން ލެމަނޭޑް ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:
5 ލުނބޯ (ބޮޑު ނަމަ 4 ލުނބޯ ވެސް ރަނގަޅުވާނެ)
1/4 3 ތަށި ފެން (އެންމެ ރަނގަޅުވާނީ ފިނިކޮށްފައި ހުންނަ ފެން)
3 ކަޕް އައިސް
1 ދަޅު ގެރި ކިރު
ބްރެޒީލިއަން ލެމަނޭޑް ތައްޔާރުކުރާނޭ ގޮތް:
ފުރަތަމަ ލުނބޯތައް ރީއްޗަށް ދޮވެލައި، ތޮށީގައި ހުރި ހަޑިވެފައި ހުރި ބައިތައް ނަގައި، ލުނބޯ ކޮޅު ކަނޑައި ރީއްޗަށް ސާފުކޮށްލާށެވެ. ދެން ލުނބޯތައް ފަޅައި މެދުގައި ބޯކޮށް އިންނަ ހުދުބައި ނަގައި ރީޗަށް ސާފުކޮށްލާށެވެ. ދެން މިކްސަރަށް ލުނބޯ އަދި ފެން އަޅައި، ލުނބޯތައް ގިރެން ދެން މިކްސްކޮށްލާށެވެ. ދެން އެއަށްފަހު ޖަގަކަށް ފުރާނާލައި، ލުނބޯ ޖޫސްކޮޅު ނަގާށެވެ. އެއަށްފަހު މިކްސަރ ރަނގަޅަށް ދޮވެލައި، ފުރޭނި ލުނބޯ ޖޫސްކޮޅާއި، ގެރި ކިރު އަދި އައިސް މިކްސަރަށް އަޅައި އޮލަވަންދެން ގިރާލާށެވެ. ދެން މިހުރީ ބްރެޒީލިއަން ލެމަނޭޑް ތައްޔާރުކޮށް ނިމިފައެވެ. މި ބުއިން އިންސާފުކޮށްލަން އެންމެ ރަނގަޅުވާނީ ފިނި ބުއިމެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު