މަރްޔަމް ނަހްދާ ވަޙީދު   17 ފެބްރުއަރީ 2026 - 14:28
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް މ. މާވަށު، ކިނާރާ، ރިފްއަތު އަބްދުﷲ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އެ ކޮމިޝަންގެ މެންބަރުކަމަށް ރިފްއަތު އައްޔަންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

އެ މައްސަލަ އިތުރަށް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީންވެސް ވަނީ ރިފްއަތު އެ މަގާމަށް އައްޔަންކުރަން ފާސްކޮށްފައެވެ.

ކޮމިޓީ ރިޕޯޓަށް ބަހުސް ކުރުމަށްފަހު ރިފްއަތަށް ރުހުންދޭން ފެނޭތޯ މިއަދު ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން ރިފްއަތު އެމަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްކުރީ 58 މެންބަރުން ވޯޓާ އެކުއެވެ.

ރިއްފަތަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ލީގަލް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުކަންވެސް ކުރައްވާފައިވާ ފަރާތެކެވެ. އޭނާ މިވަގުތު ހުންނެވީ، ހައްޖު ކޯޕަރޭޝަންގެ ލީގަލް ކައުންސެލްގެ މަގާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް