ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުތަކާއި ރައްޔިތުންނަށް ދެއްކެވި އުންމީދީ މަންޒަރުތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް "ބިލާހަކަށް" ވެފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ރޭ ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ރޭ ގދ. ތިނަދޫ ސިޓީގައި އެމްޑީޕީއިން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ، މި ސަރުކާރުން ވެފައިވާ ވަޢުދުތައް ނުފުއްދަނީ ކީއްވެގެންތޯ ރައްޔިތުން ސުވާލުކުރަން ޖެހޭ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މެދުވެރިކޮށް އެ މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެކަން ނުކުރެވޭނަމަ ރައްޔިތުން ނިކުމެ އަޑުއުފުލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިހެން ދޫކޮށްލާފައި ތިބިއްޖެ ކަމަށް ވަންޏާ، މި ޤައުމު އަޅުގަނޑުމެން އަތުން ބީވެގެން ހިނގައިދާނެ. އެކަމަށްޓަކައި ހަމަ ގައިމުވެސް އެމްޑީޕީ ނިކުންނާނެ، އިސްވެ އޮންނާނެ،" ރައީސް ސާލިޙް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ތިނަދޫއަށް ވެވަޑައިގެންނެވި ވަޢުދުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސާލިޙް ވިދާޅުވީ، ފުރަތަމަ ވަޑައިގެން ތިނަދޫއާއި ކާޑެއްދޫ ބްރިޖަކުން ގުޅާލުމަށް ވަޢުދުވެވަޑައިގަތުމަށްފަހު، ތިން މަސް ފަހުން ވަޑައިގެން ފްލޯޓިންގ ޓާމިނަލަކާއެކު ބޮޑު ސިޓީއެއް ތަރައްޤީކުރާނެ ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކުރަން އުޅޭ އިންވެސްޓަރުންނަކީ ކުކުޅު ގެންގުޅޭ ބައެއް ކަމަށާއި، އެފަދަ ބަޔަކަށް އެއަރޕޯޓަކާއި ސިޓީއެއް ތަރައްޤީ ނުކުރެވޭނެ ކަމަށް ސާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން މާލެ ސަރަހައްދުގެ މަޝްރޫޢުތަކަށް ފާޑުވިދާޅުވަމުން، ރަސްމާލެއާއި ގުޅީފަޅު ގުޅާލުމަށް 200 މީޓަރު އަޑީގައި ބިއްލޫރި ޓަނަލެއް އަޅައި، އޭގެ ތެރެއިން މިޔަރާއި މަސްމަހާމެހި ފެންނާނެ ކަމަށް ބުނެ ދެއްކެވި ވާހަކަތަކަކީވެސް "ބިލާހެއް" ކަމަށް ސާލިޙް ސިފަކުރެއްވިއެވެ. އަދި އަހަރަކު 400 ޑޮލަރު ދޭނެ ކަމަށް ބުނެ ދައްކާ ވާހަކައަކީ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކާ ނުބައްދަލު ޚިޔާލީ ވާހަކަތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ރައީސް ވިދާޅުވީ ތިމަންނަމެން އަހަރަކު 400 ޑޮލަރު ދޭނަމޭ. އެހެންކަމުގައިވާނަމަ އެ ދައްކަނީ 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާ ވާހަކަ. 800 މިލިއަން ޑޮލަރާއި 1 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްގެން އަހަރަކު 200 މިލިއަން ޑޮލަރުގެ ނެޓް ޕްރޮފިޓް ރެއިސް ކުރާ ވާހަކަ. އެކަން ކުރާނެ ގޮތެއް ރިސޯޓް ހިންގަވާ ބޭފުޅުން ކައިރި އައްސަވާ. އެކަހަލަ އެތައްއެތައް "ބިލާހެއްގެ" ވާހަކައެއް ދައްކަވަމުން އެދަނީ. އެހެންވީމަ އެވާހަކަ ގަބޫލުކުރާ ބަޔަކު ހޮވައިގެން ވެގެންދާނެ ގޮތް ތިބޭފުޅުން ވިސްނާ ވަޑައިގަންނަވާ." ރައީސް ސާލިޙް ވިދާޅުވިއެވެ.
ތިނަދޫގެ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ތިނަދޫއަށް ގެންގުޅުނު ތަސައްވުރަކީ މަޝްވަރާގެ މަތިން ފައިސާ ހޯދައިގެން ފެށި ކަންކަން ކަމަށެވެ. އެގޮތުން އިންޑަސްޓްރިއަލް ރަށަކާއި، ވިޔަފާރި ބަނދަރެއްގެ އިތުރުން ސައުދީ ފަންޑުގެ އެހީގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްގެ މަސައްކަތް ފެށިފައިވާކަން ރައީސް ސާލިޙް ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް ސާލިޙް ވަނީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ކައުންސިލަރުންނަކީ ވެރިންނަށް ސަނާކިޔަން ތިބޭ ބައެއް ނޫން ކަމަށެވެ. އެއީ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ސަރުކާރުން ދައްކާ ވާހަކައަކީ ކުރެވޭނެ ކަމެއްތޯ އަމިއްލަ ސިކުނޑިން ވިސްނަންޖެހޭ ބައެއް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެެ.

ކިޔުންތެރިންގެ ހިޔާލު