މިއަހަރުގެ ރަމަޟާން މަހަށް މާލޭގައި ހުޅުވުމަށް ތައްޔާރުވަމުންދާ ވަގުތީ މާރުކޭޓުގައި ރާއްޖޭގެ ހަތް ރަށަކުން ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކާނެ ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ހާމަކޮށްފިއެވެ.
ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މާލޭގެ ނޯތު ހާބަރުގައި، ކުރިން ކެފޭ ހިންގި ތަނުގައި ގާއިމްކުރާ މި މާރުކޭޓުން ގޮޅިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހުއެވެ. މިނިސްޓްރީން މިއަދު ބުނީ މި މާރުކޭޓުގައި ދަނޑުވެރިކަން ކުރާ ހަތް ރަށެއްގެ އުފެއްދުންތައް ވިއްކަން ހުންނާނެ ކަމަށެވެ.
މި މާރުކޭޓުގެ ހާއްސަ ކަމެއްގެ ގޮތުގައި، "މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް" ސެޓިފައިޑް ވެފައިވާ 10 ދަނޑެއްގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ. މި މާރުކޭޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
މި މާރުކޭޓުގައި ތަކެތި ވިއްކުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފައެވެ. އެ އުސޫލުތަކުގައި ވާގޮތުން މާރުކޭޓަށް ތަކެތި ވައްދަން ފެށޭނީ މިއަދު ހަވީރު 16:00 އިން ފެށިގެންނެވެ. މާރުކޭޓުގައި ވިއްކޭނީ ހަމައެކަނި ރާއްޖޭގެ ރަށްރަށުގައި އުފައްދާ ރޯ މޭވާއާއި ތަރުކާރީ ކަމަށް ކަނޑައަޅާފައިވާއިރު، ރިހާކުރާއި އަސާރަ ފަދަ ތައްޔާރީ ކާބޯތަކެއްޗާއި، އިމްޕޯޓްކޮށްފައިވާ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ހަމައެއާއެކު މާރުކޭޓުގައި ތަކެތި ވިއްކުމުގައި ހަރަކާތްތެރިވާން ވާނީ ހަމައެކަނި ދިވެހިން ކަމަށާއި، ގޮޅިތަކުގައި ބިދޭސީން ބޭތިއްބުން ވަނީ މަނާކޮށްފައެވެ. އަދި ވިޔަފާރިކުރާ ގަޑިތަކަކީ ނަމާދު ވަގުތުތައް ފިޔަވައި، ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށެވެ.
އޭގެއިތުރުން 26 މާޗު 2026 ވަނަ ދުވަހުގެ އިރުއޮއްސި 18:00 ގެ ކުރިން މާރުކޭޓުގައި ހުރި ހުރިހާ މުދަލެއް ނެރެ ތަން ހުސްކުރަން ޖެހޭނެ ކަމަށްވެސް އެގްރިކަލްޗާ މިނިސްޓްރީން ބުނެފައިވެއެވެ. މި މާރުކޭޓުގެ ސަބަބުން ރަމަޟާން މަހު ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ރަނގަޅު މާކެޓެއް ލިބި، އާންމުންނަށް ތާޒާ ތަކެތި ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު