ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ނެގި ދަރަނިތައް ނުދެއްކިގެން މިހާރުގެ ސަރުކާރަށް އުޅެން ނުޖެހޭނެ ކަމަށާއި، އެ ދަރަނިތައް ދެއްކޭނެ މަގުތައް ކުރިންވެސް އޮތީ ހޯދާފައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ.
ޅ. ނައިފަރުގައި އެމްޑީޕީން ރޭ ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، މިހާރުގެ ސަރުކާރުން އެންމެ ބޮޑަށް ދައްކާ އެއް ވާހަކައަކީ އެމްޑީޕީ ސަރުކާރުން 60 ބިލިއަން ރުފިޔާގެ ދަރަނި ނަގައި، ދައުލަތުގެ މުޅި ދަރަނި 126 ބިލިއަނަށް އަރުވާލާފައިވާތީ ކަމެއް ނުކުރެވޭ ވާހަކަ ކަމަށެވެ. ނަމަވެސް، އެ ދަރަނި ނަގަންޖެހުނު ސަބަބު ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމާ ކުރިމަތިލާން ޖެހުނުއިރު ދައުލަތުގެ ރިޒާވްގައި ހުރީ ދޮޅުމަސް ދުވަހު ރާއްޖެއަށް މުދާ އިމްޕޯޓް ކުރެވޭހާ ފައިސާއެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އޭގެ ކުރީގެ ސަރުކާރުން ގަވާއިދާ ޚިލާފަށް ޖީއެމްއާރު އެގްރީމެންޓް އުވާލުމުން، އާބިޓްރޭޝަނުން ދައްކަން އެންގި 280 މިލިއަން ޑޮލަރު ރިޒާވުން ނަގައިގެން ދައްކަން ޖެހުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އެ ނުދެއްކިނަމަ، އެ އިޝޫ ކުރިމަތިނުވިނަމަ ރިޒާވްގައި އެވަރަށް ފައިސާ ހުރީސް. ކޮވިޑާއެކު އިގްތިސާދު ބަންދުވެ، މުދާ ގެނެވޭނެ ގޮތެއް ނެތް ހާލަތުގައި އަޅުގަނޑުމެންނަށް މަޖުބޫރުވީ ފައިސާ ހޯދަން. ރައްޔިތުންނަށް ކާންދޭންޖެހޭ، ބޭސް ގެންނަންޖެހޭ. އަޅުގަނޑުގެ އެންމެ މުހިންމު ވާޖިބަކީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުން،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ލޯނު ނެގީ އެ އަނބުރާ ދެއްކޭނެ ސިޔާސަތުތަކާއި ޕްލޭންތަކެއް އެކުލަވާލުމަށްފަހު ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދުގައި އެ ދަރަނި ދެއްކުމުގެ ހަކަތަ ހުންނާނެ ކަމަށާއި، ނަމަވެސް މިއަދު ފެންނަނީ އެކަން މެނޭޖްކުރަން ނޭނގޭ ބަޔަކު އުޅޭ މަންޒަރު ކަމަށް ވިދާޅުވެ މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވިއެވެ.
މީގެ އިތުރުން، ފާއިތުވި ދެ އަހަރަކީ އިގްތިސާދު ރަނގަޅު، ފަތުރުވެރިން އިތުރުވެ، ދައުލަތުގެ އާމްދަނީ އިތުރުވި އަހަރުތަކެއްކަން ފާހަގަކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، ތެލުގެ އަގުވެސް ކުރިއަށްވުރެ ހެޔޮވެފައިވާ ކަމަށެވެ. އެހެންނަމަވެސް، މި ވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދައުލަތް 30 ބިލިއަން ރުފިޔާއިން ދަރުވާލާފައިވާ ކަމަށާއި، ސަރުކާރު މިހާރު އެހުރި މިސްރާބުން ދާނަމަ ދައުރު ނިމޭއިރު ދަރަނި 200 ބިލިއަނަށް އެރުމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވަނީ ސަރުކާރުން މިހާރު ކުރާ ބޭކާރު ޚަރަދުތަކަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން، އެމްއޭސީއެލް ފަދަ ކުންފުނިތަކުން ލޯނު ނަގައިގެން ރަސްމާލެ ފަދަ މަޝްރޫޢުތައް ހިންގުމަކީ މެނޭޖްކުރަން ނޭނގުމުގެ ނަތީޖާ ކަމަށް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު