މަޝްހޫރު އިނގިރޭސި ރެޕް ލަވަކިޔުންތެރިޔާ ސެންޓްރަލް ސީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން "އަގީލް" އަށް ބަދަލުކޮށްފިއެވެ.
މިކަން އޭނާ ހާމަކުރީ ދާދި ފަހުން ކުރިއަށްދިޔަ ލައިވްސްޓްރީމެއްގެ ތެރެއިންނެވެ. އުމުރުން 27 އަހަރުގެ މި ފަންނާނު، އޭނާގެ އަސްލު ނަން ކަމަށްވާ އޯކްލީ ނީލް ސީޒާ-ސޫ، "އަގީލް" ނުވަތަ "އަޚީލް" އަށް ބަދަލުކޮށް، ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވިކަން ވަނީ އިއުލާންކޮށްފައެވެ. ސެންޓްރަލް ސީ ބުނިގޮތުގައި މިއީ އޭނާގެ ހަޔާތަށް އައި ވަރަށް ބޮޑު ބަދަލެއް ކަމަށާއި، މިހާރު އޭނާއަކީ މުސްލިމެކެވެ.
މި ޚަބަރާއެކު ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ. އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ 'މެޓްރޯ' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސެންޓްރަލް ސީ އިސްލާމްދީން ގަބޫލުކުރުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ އެތައް ހާސް ޒުވާން ސަޕޯޓަރުންނެއް ވަނީ އިސްލާމްދީނާ މެދު ޝައުގުވެރިކަން އުފެދި، ދީން ދިރާސާކުރަން ފަށާފައެވެ. މިއީ މިއުޒިކީ ދާއިރާގެ އިތުރުން، އޭނާގެ ނުފޫޒު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރާފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
ސެންޓްރަލް ސީގެ މި ނިންމުމަށް ގިނަ ބަޔަކު ދަނީ މަރުހަބާ ކިޔަމުންނެވެ. މީގެ ކުރިން ވެސް އޭނާގެ ބައެއް ލަވަތަކުގެ ތެރެއިންނާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުން އިސްލާމްދީނަށް ލޯބިކުރާކަމުގެ ބައެއް ނިޝާންތައް ފެނިފައިވާ ކަމަށް އޭނާގެ ސަޕޯޓަރުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު