ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ޕެލަސް ކެޓް" އުމުރުން 13 އަހަރުގައި މަރުވެއްޖެއެވެ.
ރަޝިއާގެ ނޮވޮސިބިރްސްކް ޒޫގައި ދިރިއުޅެމުންދިޔަ މި ބުޅަލަކީ، ފިނިގަދަވުމުން އޭގެ ފައިތިލަ ހޫނުކުރުމަށްޓަކައި ނިގޫމަތީގައި ފައި ބަހައްޓައިގެން އިންނަ މަންޒަރު ފެންނަ ވީޑިއޯއަކުން އިންޓަނެޓްގައި ވަރަށް ބޮޑަށް ވައިރަލްވި މަޝްހޫރު ތަރިއެކެވެ. މި ވީޑިއޯއަށް މިލިއަނުން މީހުން ވަނީ ބަލާފައެވެ.
ޒެލެނޯގޯސްކް ގެ ނަމުން ނަންދީފައިވާ މިބުޅާ މަރުވިއިރު އޭތި ވަނީ އޭގެ ނަސްލުގެ ބުޅަލެއް އާންމުކޮށް ދިރިއުޅޭ އުމުރަށްވުރެ މާ ގިނަ ދުވަހު ދުނިޔޭގައި އުޅެފައެވެ. ވަލުތެރޭގައި އުޅޭ ޕެލަސް ކެޓްތައް އާންމުކޮށް ދިރިއުޅެނީ 6 އަހަރާއި 9 އަހަރާ ދެމެދުގެ އުމުރަކަށެވެ. ނަމަވެސް، ޒޫގައި ލިބުނު ފަރުވާއާއި އަޅާލުމުގެ ސަބަބުން ޒެލެނޯގޯސްކް ވަނީ 13 އަހަރު ވަންދެން ދުނިޔޭގައި އުޅެ، މި ނަސްލުގެ ބުޅަލެއް ކެޕްޓިވިޓީގައި އުޅޭނެ އެންމެ ދިގު އުމުރުގެ ރެކޯޑާ ގާތްކޮށްފައެވެ.
މި ބުޅަލުގެ މަރުގެ ޚަބަރާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މިބުޅަލުގެ ހިތްގައިމުކަމުގެ ވާހަކަ ދައްކައި، އިޙްތިރާމް އަދާކޮށް، ހަނދާންތައް އާކުރަމުންނެވެ.
އެގޮތުން، ޒެލެނޯގޯސްކްގެ ސަބަބުން ދުނިޔެއިން މަދުވަމުންދާ މި ނަސްލުގެ ވަލު ބުޅަލާ ބެހޭގޮތުން މީހުން ހޭލުންތެރިވުމަށް ބޮޑު އެހީތެރިކަމެއް ލިބުނުކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ޒެލެނޯގޯސްކް ގެ ހިތްގައިމު ސިފަތަކާއި ތަފާތު މިޒާޖުގެ ސަބަބުން، ޕެލަސް ކެޓް ކޮމިއުނިޓީގައި އެއަށްވަނީ ވަރަށް ހާއްސަ މަގާމެއް ދެވިފައެވެ. އެހެންކަމުން ޒެލެނޯގޯސްކް ގެ ހަނދާތައް ފޮހެވިގެންނުދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު