ޑައުން ސިންޑްރޯމް ހުންނަ މީހުންނަކީ މުޖުތަމައުގައި ނިކަމެތި، އަދި އެހެން މީހުންގެ އެހީތެރިކަމަށް އަބަދުވެސް ބޭނުންވާ ބައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް ސޫރިޔާގެ ޖާދު އީސާ ވަނީ މި ހުރިހާ ވިސްނުމެއް ބަދަލުކޮށްލާފައެވެ.
ވޭތުވެދިޔަ 40 އަހަރު ދުވަހު އޭނާއަކީ ހީވާގި ފިރިއެއްގެ އިތުރުން، އާއިލާ ބަލަހައްޓަމުން އައި މައި ތަނބެވެ. ގޮދަން މުގުރާ މެޝިނެއްގައި 25 އަހަރު ވަންދެން މަސައްކަތްކޮށްގެން އޭނާ ފައިސާ އެއްކުރީ އޭނާގެ ހަމައެކަނި ދަރިފުޅު ސާދިރުގެ ކިޔެވުމަށެވެ. މިއަދު ސާދިރު އަކީ ދަތުގެ ޑޮކްޓަރެކެވެ.
ޑައުން ސިންޑްރޯމް ހުންނަ ފިރިހެނުންނަށް ދަރިން ލިބުމަކީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. ނޭޝަނަލް ޑައުން ސިންޑްރޯމް ސޮސައިޓީން ބުނާ ގޮތުގައި މިފަދަ ހާލަތްތަކުގައި ދަރިން ލިބިފައިވާކަން ރަސްމީކޮށް ރެކޯޑު ކުރެވިފައިވަނީ މުޅި ދުނިޔެއިންވެސް އެންމެ ތިން މީހުންނަށެވެ.
ޖާދު އީސާ އަކީ އޭގެ ތެރެއިން އެކަކެވެ. ސާދިރު އުފަންވިއިރު އޭނާގެ ކިބައިގައި ޑައުން ސިންޑްރޯމްގެ އެއްވެސް އަލާމާތެއް ނެތެވެ. ޖާދު އަބަދުވެސް އަޒުމް ކަނޑައަޅައިގެން ހުރީ އޭނާގެ ހުރިހާ ވަގުތަކާއި ހަކަތައެއް ހުސްކޮށްގެން ނަމަވެސް ދަރިފުޅަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށެވެ.
ސާދިރު ބުނާ ގޮތުގައި އޭނާގެ ކުޑަކުދީގެ ހަނދާންތަކަކީ ބައްޕަގެ އިންތިހާ ލޯތްބާއި އަޅާލުމުން ފުރިގެންވާ ދުވަސްތަކެކެވެ. ބައްޕަ އަކީ މުޖުތަމައުގައި އެންމެންގެ އިހުތިރާމް ލިބިފައިވާ، ހިތްހެޔޮ މީހެކެވެ.
"ބައެއް މީހުންނަށް ބައްޕަ ފެންނަނީ އެހެން މީހުންނަށް ބަރޯސާވާންޖެހޭ ނިކަމެއްޗެއްގެ ގޮތުގައި ކަމަށް ވިޔަސް، އަޅުގަނޑަށް ބައްޕަ ފެނުނީ އާއިލާގެ ހުރިހާ ކަމެއް ވަރުގަދައަށް ބަލަހައްޓަމުންދިޔަ ބަތަލެއްގެ ގޮތުގައި،" ސާދިރު ކިޔައިދިނެވެ. މި މަންޒަރުތަކުން ސާދިރުގެ ހިތުގައި ކިޔެވުމަށާއި ކުރިއަށް ދިއުމަށް އޮތް ޝައުގުވެރިކަން އިތުރުވިއެވެ.
ސާދިރުގެ ކިޔެވުން ނިމި، ޑޮކްޓަރަކަށް ވުމުން ޖާދުގެ އުފާވެރިކަން ބުނެދޭންވެސް ނޭނގެއެވެ. އޭނާގެ ގާތް މީހުންނަށް ސާދިރު ތައާރަފްކޮށްދެނީ ފަޚުރުވެރިކަމާއެކު "މިއީ އަހަރެންގެ ދަރިފުޅު، މިއީ ޑޮކްޓަރެއް" ކަމަށް ބުނަމުންނެވެ. ސާދިރު ވެސް އޭނާގެ ބައްޕައާ މެދު އިންތިހާއަށް ފަޚުރުވެރިވެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިއަދު އޭނާ ހުރި މަގާމަށް ވާސިލްވުމުގެ އަސްލަކީ ބައްޕަގެ ބުރަ މަސައްކަތާއި ވެފައިވާ ގުރުބާނީއެވެ.
2019 ވަނަ އަހަރު މި ވާހަކަ ސޯޝަލް މީޑިއާގައި އާންމުވުމާއެކު، މުޅި ދުނިޔޭގެ ސަމާލުކަން މި އާއިލާއަށް ހުއްޓުނެވެ.
ސާދިރު ބޭނުންވަނީ ޑައުން ސިންޑްރޯމް ހުންނަ މީހުންނާ މެދު މުޖުތަމައު ދެކޭ ގޮތް ބަދަލުކުރުމަށެވެ. އެ މީހުންނަކީ ވެސް ލޯބި ދެވޭނެ، އާއިލާއެއް ބެލެހެއްޓޭނެ އަދި މުޖުތަމައަށް ފައިދާހުރި މަސައްކަތްތަކެއް ކުރެވިދާނެ ބައެއްކަން ޖާދު އީސާގެ ދިރިއުޅުމުން މިއަދު ވަނީ ސާބިތުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު