އާންމު ފޯރަމްތަކާއި ރައްޔިތުންގެ މަޖިލީހުގައި ބަސްމަގު ގެންގުޅޭ ގޮތުން، އެ މީހެއްގެ އަޚްލާގާއި ލީޑަރޝިޕްގެ ފެންވަރު ހާމަވާކަމަށް ވިދާޅުވެ، އިނާރ މޯލްޑިވްސް ގެ ސީއީއޯ މުހައްމަދު ފިރާގު ފާޑުވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މީހަކު ވާހަކަދައްކާ ބަސްމަގުގެ ސަބަބުން އެ މީހެއްގެ ކިބައިގައި ހުރި ތަސައްރަފު ފުދުމާއި (މެޗުއަރިޓީ)، އިންޓެގްރިޓީ އަދި އެ ތަމްސީލުކުރާ މުއައްސަސާއަކަށް އޮތް އިހުތިރާމް އާންމުން ވަޒަންކުރާނެ ކަމަށެވެ.
ނަމަވެސް، މިހާރު ފެންނަމުންދާ ބައެއް މަންޒަރުތަކަށް އިޝާރާތް ކުރައްވައި ފިރާގު ވިދާޅުވީ، ގައުމީ މުހިންމު ނިންމުންތައް ނިންމަންޖެހޭ ސީރިއަސް ޕްލެޓްފޯމެއްގެ ބަދަލުގައި، ބައެއް ސެޝަންތަކުން ފެންނަނީ ކޮމެޑީ ޝޯއެއް ފަދަ މާހައުލެއް ކަމަށެވެ. މިއީ ވަރަށް ތަފާތު މިންގަނޑުތަކެއް ކަން ފާހަގަކުރައްވައި، އޭނާ ވަނީ ދައުލަތުގެ މަގާމުތަކަކީ މުނިފޫހިފިލުވުމުގެ ތަންތަން ނޫންކަން ހަނދާންކޮށްދެއްވާފައެވެ.
ފިރާގުގެ ޕޯސްޓް ނިންމާލައްވަމުން ވިދާޅުވީ، ޕަބްލިކް އޮފީހަކީ ކަރާމާތާއި، ޒިންމާދާރުކަމާއި، މާނަހުރި ބަހުސްތައް ކުރަންޖެހޭ ތަނެއް ކަމަށެވެ. އަދި އެއީ ރައްޔިތުންނަށްޓަކައި އަދާކުރަންޖެހޭ ވާޖިބެއްކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު