އެމެރިކާގެ ފުލޮރިޑާ ސްޓޭޓުގެ، މިޔާމީގެ ހޮސްޕިޓަލަކަށް ގެނައި މާބަނޑު ތަމީ ގޮންޒާލޭޒްގެ ވިހެއުމުގެ ކަންކަން ކުރިއަށްދިޔަ ވަގުތު، ޑޮކްޓަރުންގެ ލޯތައް ސްކްރީނަށް ހުއްޓި، މުޅި ތަން ހަމަހިމޭންވެގެން ދިޔައެވެ.
މިޔާމީގެ ޖެކްސަން މެމޯރިއަލް ހޮސްޕިޓަލަށް ގެނެވުނު އުމުރުން އެންމެ 20 އަހަރުގެ ތާމީގެ ރަހިމުގައި ވަރަށް ބޮޑު ގޯހެއް އުޅޭކަން އެހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަށް ޝައްކުއުފެދިގެން ބެލިބެލުމުން އިތުރު ހައިރާންކަމެއް ލިބިގެންދިޔައެވެ.
މާބަނޑުގައި އޮތް ތުއްތު ދަރިފުޅުގެ ދެފައި ފެންނަން ހުރީ ރަހިމުގެ އެތެރެއަކު ނޫނެވެ. ދެފައިވެސް ހުރީ ރަހިމުން ބޭރަށް، މަސްގަނޑު ފަޅާލާފައި ނުކުމެފައެވެ. މިއީ ހަމައެކަނި ކުއްޖާ އޮތް ގޮތް ނުބައިވުމެއް ނޫނެވެ. މިއީ ވަރަށް މަދުން ދިމާވާ، އެންމެ ނުރައްކާތެރި، ކުއްލި މެޑިކަލް އިމަޖެންސީ ހާލަތެކެވެ.
މި ހާދިސާއަކީ "ޔޫޓެރިން ރަޕްޗާ" ނުވަތަ ރަހިމު ފަޅައިގެން ދިއުމުގެ ހާދިސާއެކެވެ. ކުއްޖާ ރައްކާތެރިކަމާއެކު ބޭއްވުމަށްޓަކައިވާ ވަރުގަދަ މަސްގަނޑު ފަޅައިގެން ދިއުމުގެ ސަބަބުން، ތުއްތު ކުއްޖާ ވަނީ މައިމީހާގެ ބަނޑުގެ އެތެރޭގެ ހުސްތަނަށް ދޫވެފައެވެ. މި ހާލަތުގައި ކޮންމެ ސިކުންތަކީވެސް ތުއްތު ދަރިފުޅާއި އަދި މައިމީހާގެ ފުރާނައާ ގުޅިފައިވާ ވަރަށްވެސް ނުރައްކާތެރި ނާޒުކު ވަގުތެކެވެ.
ފަރުވާ ލަސްވެއްޖެނަމަ، މަދު މިނެޓުކޮޅެއްގެ ތެރޭގައި ކުއްޖާއަށް އޮކްސިޖަން ލިބުން ހުއްޓި، ފުރާނައަށް ނުރައްކާވެދާނެއެވެ. ހަމައެއާއެކު، މައިމީހާގެ ހަށިގަނޑުގެ އެތެރެއަށް އިންތިހާއަށް ލޭ ފޭބުމުގެ ސަބަބުން މައިމީހާގެ ފުރާނަ ސަލާމަތްކުރުންވެސް ދަތިވެއެވެ. މި ނާޒުކު ދަނޑިވަޅުގައި މަޝްވަރާކުރާނެ ވަގުތެއް ނެތެވެ. ޑޮކްޓަރުން ވަގުތުން ނިންމީ ކުއްލި އޮޕަރޭޝަނެއް ކުރުމަށެވެ.
ރަހިމު ފަޅައިގެން ދިއުމަކީ ވަރަށް މަދުން ނޫނީ ދިމާވާ ކަމެއް ނޫން ނަމަވެސް، މިއީ ވިހެއުމުގެ ތެރޭގައި ދިމާވާ އެންމެ ނުރައްކާތެރި އެއް ހާލަތެވެ. "ވަގުތު ފާއިތުވަނީ" އޭ ޑޮކްޓަރުން ބުނާއިރު، އެ ބުނަނީ ދެމައިންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރާ ހަނގުރާމައިގެ ކޮންމެ ސިކުންތެއްގެ މުހިންމުކަމުގެ ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު