ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙު ދެއްކެވި ވާހަކަފުޅުތަކަކަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.
ފަލާޙު މަޖިލީހުގައި ވިދާޅުވީ، އެމްޑީޕީގެ ދެ ވެރިކަމުގައި ރާއްޖޭގެ އެއްވެސް ރަށެއްގައި އަލަށް މިސްކިތެއް ބިނާކޮށް ހުޅުވާފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީއަކީ ދީނާ ދުރު ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވައި، ނިމިދިޔަ ސަރުކާރުން މިސްކިތްތައް ބިނާކުރުމަށް ފައިސާ ނެގުމަށްފަހު އެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ފަލާޙުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ފޭސްބުކްގައި ކުރެއްވި ކޮމެންޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ތިން އަހަރުގެ ވެރިކަމުގައި އެކަނިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 42 މިސްކިތް ބިނާކުރި ކަމަށެވެ.
މީގެ އިތުރުން، މެންބަރު ފަލާޙު ވަނީ އެމްޑީޕީގެ ވެރިކަންތަކުގައި މިސްކިތްތަކާ މެދު އިހުމާލުވެފައިވާ ކަމަށް ބުނެ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދިނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. ނަމަވެސް، ފަލާޙުގެ މި ތުހުމަތުތަކާ ޚިލާފަށް، އެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި އައު މިސްކިތްތައް ބިނާކޮށް، ބޭނުންކުރަން ފަށާފައިވާކަން ތާރީޚީ ރެކޯޑުތަކުން ފެންނަން އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު