ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ ބޮލުގައި "ލާދީނީ" ލޭބަލް އެޅުވުން ހުއްޓުވޭނެ ގޮތެއް މިވަގުތު ނެތް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިކަމުގެ ކަންބޮޑުވުން އެމްޑީޕީ މެންބަރުން ފާޅުކުރެއްވީ، މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި އިސްލާހުގެ ބަހުސްގެ ތެރެއިންނެވެ.
މި ބަހުސްގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ އެމްޑީޕީއަކީ އަބަދުވެސް "ލާދީނީ ފިކުރުގެ" ބައެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.
މިކަމާ ގުޅިގެން މެންބަރު ކުޑޫ ވަނީ އެފަދަ ލޭބަލްތައް އެޅުވުމަކީ މެންބަރުންގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް ވިދާޅުވެ، އެކަން ހުއްޓުވައިދިނުމަށް ރިޔާސަތުގައި އެދިވަޑައިގެންފައެވެ. ނަމަވެސް، މަޖިލީހުގެ ރައީސް ވިދާޅުވީ އެފަދަ ބަސްތައް ބޭނުންކުރުން ހުއްޓުވޭނީ ވަކި ގާނޫނެއް ފާސްކޮށްގެން ކަމަށާއި، މިހާރު އޮތް ގޮތުން އެކަން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށެވެ. އެހެންނަމަވެސް، އެއް މުސްލިމަކު އަނެއް މުސްލިމަކާ ދިމާލަށް އެފަދަ ބަސްތައް ބޭނުން ނުކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެމްޑީޕީގެ އެހެން މެންބަރުން ވެސް ވަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކަ ދެއްކުމަކީ މަޖިލީހުގެ ގަވާއިދު ހުއްދަކުރާ ކަމެއް ނޫން ކަމަށާއި، ވަކި މީހަކީ ލާދީނީ މީހެއް ކަމަށް ނިންމުމުގެ ހައްގު އެއްވެސް މެންބަރަކަށް ނޯންނާނެ ކަމަށެވެ. މި ބަހުސްގައި ދެފަރާތުގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑަށް ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު