ދުނިޔޭގެ އެންމެ ފުރަތަމަ ހެޑް ޓްރާންސްޕްލާންޓް ނުވަތަ ބޯ ބަދަލުކުރުމުގެ ނިޒާމު "ބްރެއިންބްރިޖް" ގެ ނަމުގައި ރަސްމީކޮށް އިއުލާންކޮށްފިއެވެ.
މިއީ އެންމެ ފަހުގެ ރޮބޮޓިކްސް އާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އިންސާނާގެ ބޯ އަދި މޫނު އެކަމަށް ބޭނުންވާ އެހެން ހަށިގަނޑަކަށް ބަދަލުކުރުމަށް ފަރުމާކޮށްފައިވާ ކޮންސެޕްޓެކެވެ. މި ޓެކްނޮލޮޖީއަކީ ބޭސްފަރުވާގެ ދާއިރާއިން ކުރިއެރުންތަކެއް ލިބިފައިނުވާ ނުރައްކާތެރި ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް އާ އުންމީދެއް ލިބިގެންދާނެ ކަމެއް ކަމަށް މި މަޝްރޫއު އިއުލާންކުރި ފަރާތުން ބުނެއެވެ.
މި ނިޒާމުގެ މައިގަނޑު މަގްސަދަކީ ފަރުވާ ނެތް ކެންސަރު ބަލީގެ ފަހު މަރުހަލާގައި ތިބި މީހުންނާއި، ވާގިނެތުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނާއި، އަދި އަލްޒައިމާސް އާއި ޕާކިންސަންސް ފަދަ ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އާ ދިރިއުޅުމެއް ހޯދައިދިނުމެވެ.
ބްރެއިންބްރިޖްގެ އެހީގައި ބަލި މީހާގެ ބޯ، ސިއްހަތު ރަނގަޅު އެހެން ހަށިގަނޑަކަށް ބަދަލުކޮށް، ސިކުނޑީގެ ހަނދާންތަކާއި ވިސްނުން އެގޮތުގައި ދެމެހެއްޓޭނެ ކަމަށް މި ކޮންސެޕްޓްގައި ބަޔާންކޮށްފައިވެއެވެ.
މި އޮޕަރޭޝަން ކުރުމަށް ބޭނުންކުރާނީ ވަރަށް ހަލުވި އަދި ސައްހަ ރޮބޮޓިކް ސިސްޓަމްތަކެކެވެ.
މި ރޮބޮޓްތައް ބޭނުންކޮށްގެން މައިބަދައިގެ ނާރުތަކާއި ލޭހިނގާ ނާރުތައް ވަރަށް ފަރުވާތެރިކަމާއެކު ގުޅުވައިދޭނެއެވެ. މިއީ އިންސާނުންގެ އަތުން ކުރާއިރު ދިމާވެދާނެ ގޯސްތައް ނައްތާލައި، ސިކުނޑީގެ ސެލްތަކަށް ގެއްލުންވިޔަނުދީ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާލެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ.

ކިޔުންތެރިންގެ ހިޔާލު