މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު، ޚަރަދު ކުޑަކުރުމުގެ ނަމުގައި ރާއްޖެއަށް އިލެކްޓްރޯނިކް ވޯޓިންގ ނިޒާމު ތައާރަފުކުރުމުގެ ފުރުސަތު އޮތް ކަމަށާއި، އެކަމަށް ރައްޔިތުން ހޭލާ ތިބުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ގޮވާލައްވައިފިއެވެ.
އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ހުށަހެޅީ ޚަރަދު ކުޑަކުރުމުގެ ބަހަނާ ދައްކައިގެން ކަމަށެވެ. އަދި މި ބަދަލު ރައްޔިތުން ބަލައިގެންފި ނަމަ، ދެން ފެންނާނީ ވޯޓުލުމުގެ ނިޒާމަށް އިތުރު ބަދަލުތައް ގެންނަ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ޚަރަދު ކުޑަކުރުމުގެ ބޭނުމުގައި ކަމަށް މިކަން ކުރަނީ ރައްޔިތުން ބަލައިގަނެފި ނަމަ ދެން ރައްޔިތުންގެ ކުރިމައްޗަށް ގެންނާނީ އިލެކްޓްރޯނިކް ވޯޓިން. ރަށަކަށް ދާކަށް ވެސް ނުޖެހޭނެ. ކަރުދާހެއް ވެސް ޕްރިންޓް ކުރާކަށް ނުޖެހޭނެ. ބަޓަނަކަށް ފިއްތާލީމަ އެސްޓޯނިއާގައި ހުންނަތަނަކުން ނަތީޖާ ނިކުމެގެން އަންނާނީ." އިލެކްޓްރޯނިކް ވޯޓިންގއާ މެދު ކަންބޮޑުވުން ފާޅުކުރަށްވަމުން ޝަމްހީދު ވިދާޅުވިއެވެ.
ހަމައެއާއެކު، އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް ނެތި ސަރުކާރުން މިހާރު އެކުލަވާލަމުންދާ 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ވެސް ޝަމްހީދު ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ޕްލޭން ތަންފީޒު ކުރުމަށް އިތުރު ދައުރެއް ބޭނުންވާ ކަމަށް ބުނެ، ވެރިކަން 20 އަހަރަށް ދަންމާލުމުގެ ރޭވުމެއް ސަރުކާރުން ގެންގުޅެމުންދާ ކަމަށެވެ.
އޭގެއިތުރުން ޝަމްހީދު ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލުމާ މެދު އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިފި ނަމަ، ރައްޔިތުން ނުކުމެ އެކަމަށް "ނޫނެކޭ" ބުނަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުން ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުކުރާ މީހުންގެ ދައުރު ކުރުކޮށް ނުވަތަ ދިގުކުރުމަކީ އެހެން ބަޔަކަށް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޝަމްހީދު ވަނީ ސަރުކާރުން މިހާރު ކުރަމުންދާ ކަންކަމަކީ ވަރަށް ބޮޑަށް ރޭވިގެން، ބާރުތައް މުށުތެރެއަށްލުމަށް ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ސިފަކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު