ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލިދާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޞާލިޙު ވިދާޅުވީ، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި އިޓްލޮސް އިން ނިންމި ނިންމުން ބަލައިނުގަތުމަށް ރައީސް މުޢިއްޒު ނިންމެވުމަކީ އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް ދައްކާ "ސިޔާސީ ދަޅައެއް" ކަމަށެވެ.
ރައީސް ޞާލިޙު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަކީ އދ. ގެ ކަނޑުތަކާބެހޭ މުޢާހަދާ ގައި ބައިވެރިވެފައިވާ ޤައުމަކަށް ވީހިނދު، އެ މުޢާހަދާގެ ދަށުން ނިންމާ ނިންމުންތަކަށް ރާއްޖެއިން އިޙްތިރާމް ކުރަންޖެހޭނެއެވެ. އަދި ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދުމަށް މަސައްކަތް ކުރައްވާނަމަ، އެންމެ ފުރަތަމަ ޖެހިވަޑައިގަންނަވާނީ އެ މުޢާހަދާއިން ރާއްޖެ ވަކިކުރަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިޚްތިސާސުން ބޭރުގެ ސަރަހައްދުތައް ބެލެހެއްޓުމަށް ސިފައިންނަށް އަމުރުކުރުމަކީ ސަރަހައްދީ ބޮޑު ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ރައީސް މުޢިއްޒު ދާދިފަހުން ވަނީ އިޓްލޮސްގެ ނިންމުން ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެ، ރާއްޖޭގެ ޤާނޫނުގައިވާ ގޮތަށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރިއްޔާއަށް އަމުރުކުރައްވާފައެވެ.
ނަމަވެސް، ރައީސް ޞާލިޙު ވިދާޅުވީ އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖެއަށް ކުރިން ލިބިފައި ނުވާ ވަރުގެ ބޮޑު ސަރަހައްދެއް (4,687 އަކަކިލޯމީޓަރު) ކަށަވަރުވެފައިވާ ކަމަށާއި، މި މައްސަލަ އަލުން ތަހުގީގުކުރަން ކޮމިޝަނެއް އުފެއްދުމަކީ ހަމައެކަނި ސިޔާސީ ބޭނުމަކަށް ކުރާ ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު