މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ގޭސް ލިބުމުގެ ދަތިކަމަކީ، ވަކި ބަޔަކަށް މަންފާ ހޯދައިދިނުމުގެ ބޭނުމުގައި ގަސްތުގައި އުފައްދާފައިވާ "މަސްނޫއީ" ތަދެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތު ކުރައްވައިފިއެވެ.
ސިލްސިލާކޮށް ބާއްވަމުންދާ ޕީއެންއެފްގެ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގޭސް އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ސީދާ ގޭސް ގެނެސްގެން ވިއްކަން ނުޖެހޭ ކަމަށާއި، އެކަން ކުރަންޖެހޭނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށެވެ.
ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ގައުމުގައި މުދާ މަދުވެ "ޖެހުނު ތަނަކުން" މުދާ ގަންނަން ޖެހޭ ހާލަތްތަކުގައި، ކޮރަޕްޝަނަށް އޮންނަ މަގު ފުޅާވެގެންދެއެވެ.
އަދި މިފަދަ ހާލަތްތަކުގައި އާންމު އުސޫލުތަކުން ބޭރުން ކަންކަން ނިންމާއިރު، "ބައި އެޅުމުގެ" ފުރުސަތު ބޮޑުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި، ދައުލަތުގެ ޔޫޒަބަލް ރިޒާވްގައި 1.2 ބިލިއަން ޑޮލަރު ހުރިއިރުވެސް، ސަރުކާރުން ގޭސް ގެންނަން ބޭނުންނުވެ، ގަސްތުގައި ސްޓޮކް ހުސްކޮށްލީ ކޮންމެވެސް ބަޔަކަށް މަންފާ ހޯދައިދިނުމަށެވެ.
މޯލްޑިވް ގޭސްއިން ގޭސް ލިބުމުގައި އާދަޔާޚިލާފު ލަސްތަކެއް ދިމާވަމުންދާކަމުގެ ޝަކުވާ އާންމުން ކުރަމުންދާ ދަނޑިވަޅެއްގައި، ރައީސް ޔާމީން ވިދާޅުވީ މިއީ "އާޓިފިޝަލީ ކޮންސްޓްރޫޑް ސްކެއާސިޓީ" އެއް ނުވަތަ މަސްނޫއީ ގޮތުން އުފައްދާފައިވާ ތަދެއް ކަމަށެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި ތަކްލީފުތަކެއް އުފުލަން ޖެހިފައިވާއިރު، މިއީ ހަމައެކަނި ވަކި ބަޔަކަށް މާލީ ފައިދާ ހޯދައިދިނުމަށް ހިންގާ އަމަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު