މިއީ އާދައިގެ މަތިން އިންސާނާގެ ހަށިގަނޑުގައި ކަން ހިނގާ އުސޫލާ މުޅިން ޚިލާފު، ސައިންސްވެރިންނާއި ޑޮކްޓަރުން ހައިރާންކޮށްލާފަދަ ނާދިރު ކަމެކެވެ. "ސުޕަފިޓޭޝަން" ގެ ނަމުން ނަންދެވިފައިވާ މި ހާދިސާއަކީ އަންހެނަކު ބަނޑުބޮޑުވެފައި ވަނިކޮށް، ދެވަނަ ފަހަރަށް ބިސް ދޫކޮށް، އެ ބިސް ފާޓިލައިޒްވެ، އަލުން ބަނޑުބޮޑުވުމެވެ. މިކަމުގެ ސަބަބުން އެއް ރަހިމެއްގެ ތެރޭގައި ތަފާތު ދެ އުމުރެއްގެ ދެ ކުދިން ބޮޑުވަމުންދެއެވެ.
ދުނިޔޭގެ ތާރީޚުގައި މިހާތަނަށް މިފަދަ ކަށަވަރު ކުރެވިފައިވާ ހާދިސާތައް ފެނިފައިވަނީ 10 ވަރަކަށް ފަހަރު ކަމަށް ރެކޯޑްތަކުން ދައްކައެވެ.
އާންމުގޮތެއްގައި އަންހެނަކު ބަނޑުބޮޑުވުމުން، ހަށިގަނޑުން ބޭރުކުރާ ހޯރމޯންތަކުގެ ސަބަބުން އިތުރު ބިސް ދޫކުރުން ހުއްޓުވައިދެއެވެ. ނަމަވެސް "ސުޕަފިޓޭޝަން" މެދުވެރިވާ ހާލަތުގައި ހަށިގަނޑުގެ މި ގުދުރަތީ ނިޒާމަށް ބަދަލު އައިސް، ބަނޑުގައި ކުއްޖަކު އޮއްވައި އިތުރު ބިހެއް ދޫކުރަނީއެވެ. އަދި އެ ބިސް ރަހިމުގެ ފާރުގައި ހަރުލައި، ދެވަނަ ފަނިލަފެއްގެ ގޮތުގައި އާލާވާން ފަށަނީއެވެ. މިކަމުގެ ސަބަބުން މި ދެ ކުދިންގެ އުމުރުގައި ދުވަސްތަކެއް ނުވަތަ ހަފުތާތަކެއްގެ ތަފާތު ހުރެއެވެ. މިއީ އެއްމާބަނޑު ދެކުދިންނާ ޚިލާފަށް، ދެ ދުވަސްވަރެއްގައި އުފެދޭ ދެ މާބަނޑުވުމެއް އެއްފަހަރާ ހިނގުމެވެ.
މި ހާދިސާގައި ދެ ކުދިންގެ އުމުރު ތަފާތުވި ނަމަވެސް، ގިނަ ފަހަރަށް މި ދެ ކުދިން ވިހަނީ އެއް ދުވަހެއްގައެވެ. މީގެ މާނައަކީ ފަހުން އުފެދުނު ކުއްޖާ ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ބޮޑުވުމެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިއީ އިންސާނާގެ ބިޮލޮޖިކަލް ނިޒާމުން ފެންނަ އެންމެ އާދަޔާޚިލާފު އެއް ކަންތަކެވެ. ސަބަބަކީ ބަނޑުބޮޑުވުމަށްފަހު ރަހިމުގެ ދޮރު ބަންދުވެ، އިތުރު ދަރިމައިވުމަކަށް ހަށިގަނޑު ހުރަސްއަޅާ ހުރަސްތައް މި ހާލަތުގައި މުގުރާލާތީއެވެ.

ކިޔުންތެރިންގެ ހިޔާލު