ކައުންސިލްތަކަށް ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިފިނަމަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވާ ކަމެއް ކުރުން ފިޔަވައި އިތުރު އެއްވެސް ކަމެއް އެ ކައުންސިލްތަކަށް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ރޭ ވިދާޅުވެއްޖެއެވެ.
ރައީސް ސާލިޙް މިހެން ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ތެރެއިން އެމްޑީޕީގެ ފަރާތުން ރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ސާލިޙް ވިދާޅުވީ، ލާމަޒުކަޒީ ނިޒާމަކީ ފެށުނީއްސުރެން ވެސް އެމްޑީޕީން ވަކާލާތުކުރަމުން އަންނަ މުހިންމު ސިޔާސަތެއް ކަމަށެވެ.ނަމަވެސް މިހާރުގެ ސަރުކާރުން ލާމަޒުކަޒީ ނިޒާމު ގަބޫލުނުކުރާ ކަމަށާއި، މިއަދު ވެރިކަމުގައި އޮތް ޕީއެންސީގެ ސިޔާސަތަކީ ވެސް އެއީ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
"އަތޮޅު ކައުންސިލް އުވާލީ، ކައުންސިލުތަކަށް އޮތް ބާރުތައް ކުޑަކުރީ، ކައުންސިލުތައް ކުޑަކުރީ، އެހެން ގޮސް މި ނިޒާމު ނައްތާލުމަށް ޓަކައި ރޭވުންތެރިކަމެއްގެ ތެރެއިން އެ މަސައްކަތް ފައްޓަވައިގެން އެ މަނިކުފާނު އެ ގެންދަވަނީ،" ރައީސް މުއިއްޒު ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ސާލިޙް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސާލިޙް އިތުރަށް ވިދާޅުވީ ޕީއެންސީގެ ސިޔާސަތަކީ ތަރައްގީ ހަމައެކަނި މާލެ ސަރަހައްދަށް ޖަމާކޮށްފައި އޮތުން ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ވިސްނުމަކީ ޒަމާނުއްސުރެ މާލެ ސަރަހައްދަށް ޖަމާވެފައި އޮތް އިގުތިސޯދު ބަދަލުކޮށް، ރަށްތައް ތަރައްގީކޮށްގެން ރައްޔިތުންނަށް ފައިދާ ހޯދައިދިނުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ އެކަނިކުފާނުގެ ވެރިކަމުގައި ލާމަޒުކަޒީ ނިޒާމު ވަރުގަދަކުރަން ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށެވެ. އަދި ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުނީ ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލައިގެން ކަމަށްވެސް ސާލިޙް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ސާލިޙް ވަނީ ލާމަޒުކަޒީ ނިޒާމު ނުދަންނަ ބަޔެއްގެ ކެނޑިޑޭޓުން ހޮވައިގެން ރަށްރަށަށް އެއްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިފިނަމަ، އެ ބޭފުޅުންނަށް ޖެހޭނީ ރައީސް މުއިއްޒު އަންގަވާ ގޮތަށް އަމަލުކުރަން ކަމަށާއި، އޭގެ ބޭރުން ރަށުގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމުކޮށް، މީހުން ދިރިއުޅުމަށް ފަހި މާޙައުލެއް ބިނާކުރުމަށް ކަމަށެވެ. އަދި ރަށްރަށުގެ އިޤްތިޞާދީ ބިންގާ އެޅުމަށް ބޭނުންވާ މުހިންމު މަސައްކަތްތަކެއް އެ ސަރުކާރުން ފެށިކަން ސާލިޙް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ވަމުންދަނީ ފުއްދޭނެ ކަމުގެ ޔަޤީންކަމެއް ނެތް ބޮޑެތި ވަޢުދުތަކެއް ކަމަށާއި، ބައެއް މަޝްރޫޢުތަކުގެ ބިންގާ އެޅުމަށްފަހު މަދު މަސްކޮޅެއްގެ ތެރޭގައި އެ މަސައްކަތްތައް ހުއްޓި، ބިންގާވެސް ފެންނަން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށު ފެންވަރުގައި އިޤްތިޞާދެއް ބިނާކުރުމަށްޓަކައި، ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލުމާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިންމުމަކީ އެމްޑީޕީން ކުރި މުހިންމު އިންވެސްޓްމަންޓްތަކެއް ކަމަށް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުމަށް އެމްޑީޕީން ކުރި ފަދަ އެދެވޭ އެއްވެސް މަސައްކަތެއް މިހާރުގެ ސަރުކާރުގެ ފަރާތުން ރަށްރަށުގައި ކުރިއަށްދާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށް ސާލިޙް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު