އާންމުގޮތެއްގައި އިސްތަށިގަނޑު ހުދުވުން ނުވަތަ ނުރަ ޖެހުމަކީ އުމުރުން ދުވަސްވުމާ ގުޅިފައިވާ ކަމެކެވެ. ނަމަވެސް، މިހާރަކަށް އައިސް ވަރަށް ޒުވާން އުމުރުގައި އިސްތަށިގަނޑުން ނުރަ ފެނުމަކީ ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ. އިސްތަށިގަނޑަށް ކުލަ ޖައްސައިދޭ "މެލަނިން" އުފައްދައިދޭ މިންވަރު މަދުވުމުން ނުރަ ޖެހުމަށް މެދުވެރިވާއިރު، ޒުވާން އުމުރުގައި މިކަން ދިމާވުމުގެ ފަހަތުގައި ތަފާތު ސިއްހީ އަދި އިޖްތިމާއީ ސަބަބުތަކެއް ވެއެވެ.
ޒުވާން އުމުރުގައި ނުރަ ޖެހުމަށް މެދުވެރިވާ އެންމެ މައިގަނޑު އެއް ސަބަބަކީ ޖެނެޓިކްސްގެ ސަބަބުން ދިމާވާ ކަންކަމެވެ. އާއިލާގެ މީހުންނަކީ ވަރަށް ޒުވާން އުމުރުގައި ނުރަ ޖަހާ ބައެއް ނަމަ، އެ އާއިލާއަކަށް ނިސްބަތްވާ ދަރިންނަށްވެސް އެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. މިއީ އިންސާނާގެ ޖީންގައި ހުންނަ ސިފައެއް ކަމުން، މިފަދަ ހާލަތްތަކުގައި ނުރަ ޖެހުން ހުއްޓުވުމަކީ ނުވަތަ ލަސްކުރުމަކީ ވަރަށް ދަތި ކަމެކެވެ.
ނަފްސާނީ ދުޅަހެޔޮކަމާއި ދިރިއުޅުމުގެ އާދަކާދަތަކަކީވެސް އިސްތަށިގަނޑުގެ ސިއްހަތަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ކަންކަމެވެ. ދިރިއުޅުމުގައި ކުރިމަތިވާ ކަންކަންކަމާއި މާބޮޑަށް ފިކުރުބޮޑުވުމާއި ނަފްސަށް ބުރަ ބޮޑުވުމުގެ ނުވަތަ ސްޓްރެސްގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ގެއްލުންވެ، މެލަނިން އުފެއްދުމަށް ބުރޫއަރައެވެ. މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލު ކުރުމަކީވެސް ޒުވާން އުމުރުގައި ނުރަ ޖެހުމަށް މަގުފަހިވާ ނުރައްކާތެރި އާދައެކެވެ. ދުންފަތުގައި ހުންނަ ވިހަ މާއްދާތަކުގެ ސަބަބުން އިސްތަށިގަނޑުގެ ބުޑުތަކަށް ލޭ ދައުރުވުން ދަށްވެ، އިސްތަށިގަނޑުގެ ދިރުން ގެއްލެން މެދުވެރިވެއެވެ.
ނިއުޓްރިޝަންގެ މައްސަލަތަކުގެ ސަބަބުންވެސް ޒުވާން އުމުރުގައި އިސްތަށިގަނޑުގައި ނުރަ ޖަހައެވެ. ހާއްސަކޮށް ވިޓަމިން ބީ-12، އަޔަން، ކޮޕަރ އަދި ޕްރޮޓީން ހަށިގަނޑުގައި މަދުވުމަކީ އިސްތަށިގަނޑުގެ ކުލަ ފަނޑުވެ، ނުރަ ޖެހުމަށް މެދުވެރިވާ ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް އެކަށީގެންވާ މިންވަރަށް ނުލިބޭނަމަ، އިސްތަށިގަނޑުގެ ގުދުރަތީ ދުޅަހެޔޮކަން ގެއްލި، އުމުރަށްވުރެ މާ ކުރިން އިސްތަށިގަނޑު ހުދުވާން ފަށައެވެ.
މީގެ އިތުރުން، ބައެއް ކަހަލަ ބަލިތަކާއި ކެމިކަލްތަކުގެ ސަބަބުންވެސް މި މައްސަލަ ކުރިމަތިވެއެވެ. ތައިރޮއިޑް މައްސަލަތަކާއި، ހަށިގަނޑުގެ ދިފާއީ ނިޒާމަށް ޖެހޭ ބައެއް ބަލިތަކުގެ ސަބަބުން އިސްތަށިގަނޑުގެ ކުލައަށް އަސަރު ކުރެއެވެ. ހަމައެހެންމެ، އިސްތަށިގަނޑުގައި ޖައްސާ ވަރުގަދަ ކެމިކަލްތައް އެކުލެވޭ ކުލަތަކާއި، ބާރުގަދަ ޝޭމްޕޫ ފަދަ ތަކެތި ބޭނުންކުރުމުގެ ސަބަބުން އިސްތަށިގަނޑުގެ ގުދުރަތީ ދިރުން ގެއްލިގެން ދެއެވެ.
އެހެންކަމުން، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ނަފްސާނީ ހަމަޖެހުން ހޯދުމަކީ ޒުވާން އުމުރުގައި ނުރަ ޖެހުމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ އެންމެ މުހިންމު ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު