ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކުރިމަތީގައި ދިވެހިރާއްޖެއަކީ މަލާމާތް ރައްދުވާ ފަދަ ޤައުމަކަށް ހެއްދެވުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުއްޓަވާލައްވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ "އިންޑިއާ އައުޓް" ހަރަކާތާއި، ސައުދީ ޕްރިންސް ނަމުގައި ހިނގައިދިޔަ ހާދިސާގެ އިތުރުން، ދާދިފަހުން ސްރީލަންކާ ސަރުކާރާއެކު އުފެދުނު ނުތަނަވަސްކަމާއި މިހާރު ފާހަގަކުރަމުންދާ ފޯޅަވަހީގެ މައްސަލައިން އެއް ހަގީގަތެއް ވަރަށް ސާފުކޮށް ހާމަވާ ކަމަށެވެ. އެއީ ރައީސް މުޢިއްޒަށް ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ގޮތުން އެކަހެރިވެފައިވާ، މަޤްބޫލުކަން ގެއްލިފައިވާ ޤައުމަކަށް ވެގެންދާނެ ކަމެއް ކަމަށް މީކާއިލް ވިދާޅުވިއެވެ.
މީކާއިލްގެ ފާޑުކިއުން މިފަދައިން އަމާޒުކުރެއްވީ، ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާ ގުޅިގެން ރާއްޖެއަށް ގެއްލުނު ކަމަށް ބުނާ ސަރަހައްދުގައި ދިވެހި ސިފައިން ހަރަކާތްތެރިވާން ފެށުމާ ގުޅިގެންނެވެ.
އިޓްލޮސްގެ ނިންމުމެއް އޮތް ނަމަވެސް، 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ އަދިވެސް ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިއްޔެގައި އިއްވެވި ރިޔާސީ ބަޔާނުގައި އިއުލާނުކުރައްވާފައެވެ. މިކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެ ސަރަހައްދު ހިމާޔަތްކޮށް ސިފައިން ބަލަހައްޓަމުންދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ދެކުނުގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށްޓަކައި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ދަރުމަވަންތައާއި އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުންކޮށްގެން މިހާރު ވަނީ ޚާއްސަ ސަވައިލަންސް އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގެ ތެރެއިން އެ ސަރަހައްދުން ސްރީލަންކާގެ ދެ މަސްބޯޓެއް ދިވެހި ސިފައިން މިހާރު ވަނީ ހުއްޓުވާފައެވެ.
މީކާއިލްގެ މި ވާހަކަތަކާ ގުޅިގެން ސަރުކާރުގެ ރަސްމީ ފަރާތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް ވައުދު ކަމަށް ރައީސް މުޢިއްޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު