ރާއްޖޭގެ ދެކުނުން ކަނޑުގެ ސަރަހައްދުން އެއްބައި ދޫކޮށްލުމަށް ކުރީގެ ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، މިހާރުގެ ސަރުކާރުން ގެންގުޅޭ ވިސްނުމަކީ ގޯސް ވިސްނުމެއް ނޫން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ޗާގޯސް މައްސަލާގައި ބައިނަލްއަޤުވާމީ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާ ލައްވަމުން މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ ޗާގޯސް އެއްބަސްވުމަށް މުޅިން އެއްބަސްވެ ވަޑައިނުގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއަށް ދިނުމަށް ނިންމި ނިންމުމަށް ޓްރަމްޕްގެ ސަރުކާރުން ތާއީދު ނުކޮށްފިނަމަ، މުޅި މައްސަލައިގެ މިސްރާބު ބަދަލުވެގެންދާނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.
ރައީސް ނަޝީދު ވިދާޅުވީ، މި ބަދަލާއެކު ރާއްޖޭގެ ފަރާތުން ހުށަހަޅާފައިވާ ދައުވާތައް ބަލަންޖެހޭ ކަމަށް ބުނުމުގެ ފުރުސަތު މިހާރު އެމެރިކާއަށާއި އިނގިރޭސިވިލާތަށް އެބައޮތެވެ. އަދި ޗާގޯސްއަކީ މޮރިޝަސްއަށް ދެވޭނެ ތަނެއް ނޫން ކަމަށް ބުނުމުގެ ޖާގަ ވެސް މިހާރު އޮތީ ހުޅުވިފައި ކަމަށް ބައިނަލްއަޤުވާމީ ސިޔާސީ މައިދާނުގެ ބަސްމަގަށް ފަރިތަ ރައީސް ނަޝީދު ވަނީ ލަފާކުރަށްވާފައެވެ.
މީގެ އިތުރުން، ރާއްޖޭގެ ކޯސްޓްގާޑުން މިހާރު އަމަލުކުރަމުންދާ ގޮތަކީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ރުހުމާއެކު ކުރިއަށްދާ ކަމެއް ކަމަށް ވެދާނެ ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދުގެ މި ލަފާކުރެއްވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ އިތުރު ބާރެއް ކަމަށް ބެލެވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާތީ، އެ ސަރަހައްދު އަނބުރާ ހޯދުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ މުހިންމު ވަޢުދެކެވެ. އަދި މި މަސައްކަތުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ރައީސް ނަޝީދު މިވަނީ ތާއީދު ކުރައްވާފައެވެ.
އިއްޔެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ނިންމި ނިންމުމަކީ ކުރީގެ ސަރުކާރުން ދޫކޮށްލި ސަރަހައްދެއް ކަމަށެވެ. އަދި ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަލުން ރާއްޖޭގެ ބައެއް ކަމުގައި ކަނޑައަޅައި އެކަން އިޢުލާނު ކުރަށްވާ ކަމަށް ރައީސް ވަނީ އިއްޔެ ވިދާޅުވެފައެވެ.

Raees Trump UK-Chagos agreement ah ehbasve vadaigathee Chagos Mauritus ah dhinumah noon kamah vun ekasheegenvey. Dhivehi Raajjeyge dhauva balan jehey kamah America adhi Ingireysinnah mihaaru buneveyne. Veemaa Chagos Mauritus ah dheven neiy kamahves buneveyne. Raajjeyge Coast…
— Mohamed Nasheed (@MohamedNasheed) February 6, 2026
މީގެ އިތުރުން، ރާއްޖޭގެ ކޯސްޓްގާޑުން މިހާރު އަމަލުކުރަމުންދާ ގޮތަކީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ރުހުމާއެކު ކުރިއަށްދާ ކަމެއް ކަމަށް ވެދާނެ ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދުގެ މި ލަފާކުރެއްވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބޭ އިތުރު ބާރެއް ކަމަށް ބެލެވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާތީ، އެ ސަރަހައްދު އަނބުރާ ހޯދުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ މުހިންމު ވަޢުދެކެވެ. އަދި މި މަސައްކަތުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ރައީސް ނަޝީދު މިވަނީ ތާއީދު ކުރައްވާފައެވެ.
އިއްޔެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ނިންމި ނިންމުމަކީ ކުރީގެ ސަރުކާރުން ދޫކޮށްލި ސަރަހައްދެއް ކަމަށެވެ. އަދި ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި އަލުން ރާއްޖޭގެ ބައެއް ކަމުގައި ކަނޑައަޅައި އެކަން އިޢުލާނު ކުރަށްވާ ކަމަށް ރައީސް ވަނީ އިއްޔެ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު