ރިޔާސީ ބަޔާން އިއްވުމަކީ ހަމައެކަނި ޚުތުބާއެއް ކިޔާލާފައި ނިންމާލާ ފައިބައިގެންދާ ކަމަކަށް ވެގެން ނުވާނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ ހުސައިން މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޢަލީ ހުސައިން ވިދާޅުވީ ރިޔާސީ ބަޔާނަކީ ޚުތުބާއެއް ފަދައިން އިއްވާލާފައި ނިންމާލަންޖެހޭ އެއްޗެއް ނޫން ކަމަށާއި، ރިޔާސީ ބަޔާނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާ ސުވާލުކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަގުތުން ލިބިދޭންވާނެ ކަމަށެވެ. އަދި ބަޔާން އިއްވުމަށްފަހު ވަގުތުން މަޖިލީހުން ބޭރަށް ވަޑައިގަތުމުގެ ބަދަލުގައި، މެންބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވުމުގެ ނިޒާމެއް އޮންނަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިއަދު ބޭއްވި މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވިއިރު، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށް އަޑުގަދަކޮށްފައެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ބައެއް މެންބަރުން ތަޅުމުން ނެރެފައިވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަމަލުތަކަށް އާންމުންގެ ބައެއް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު