ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާންގެ ކުރިއަށް އޮތް ފިލްމުގައި އޭނާ ފެނިގެންދާނީ އޭނާއަށްވުރެ 20 އަހަރު ހަގު އެކްޓަރަކާއެކު ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. މި ޚަބަރާއެކު ގިނަ ބައެއްގެ ސަމާލުކަން މިވަނީ މި ފިލްމަށް ހުއްޓިފައެވެ.
މި ފިލްމަކީ ބިރުވެރި އަދި މަޖާ (ސުޕަރނެޗުރަލް ކޮމެޑީ) ޖޯންރާގެ ފިލްމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ފިލްމުގައި ކަރީނާ ފެނިގެންދާނީ ފުރޭތައެއްގެ ރޯލުންނެވެ. މި ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ "ބްރަމަސްތުރަ" ފަދަ ކާމިޔާބު ފިލްމުތައް ލިޔެފައިވާ ހުސައިން ދަލާލް ކަމަށް މަޢުލޫމާތު ލިބެއެވެ. މިއީ މިހާތަނަށް ބޮލީވުޑްގައި ފެނިފައި ނުވާ ފަދަ ތަފާތު ވާހަކައަކަށް ވާނެ ކަމަށް ފިލްމާ ގުޅުންހުރި ފަރާތްތަކުން މިހާރުވެސްދަނީ ބުނަމުންނެވެ.
އުމުރުން 44 އަހަރުގެ ކަރީނާ، 20 އަހަރުގެ ޒުވާން އެކްޓަރަކާއެކު ފެނިގެންދާތީ ސޯޝަލް މީޑިއާގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. އާންމުކޮށް ބޮލީވުޑްގައި އުމުރުން ދުވަސްވީ އެކްޓަރުން ވަރަށް ހަގު ބަތަލާއިންނާއެކު ފެނުނު ކަމުގައިވިޔަސް، ބަތަލާއަކު އޭނާއަށްވުރެ މާ ހަގު އެކްޓަރަކާއެކު ފެނިގެންދިއުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. އެހެންކަމުން މިއީ ބޮލީވުޑްގައި އޮންނަ އާންމު އުސޫލުތަކާ ތަފާތު ނިންމުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މި ބިރުވެރި ފިލްމުގައި ކަރީނާއާއެކު ފެނިގެންދާނެ ޒުވާން އެކްޓަރަކީވެސް ކާކުކަމެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
މި ފިލްމުގެ އިތުރުން ކަރީނާ ދަނީ މޭގްނާ ގުލްޒާރުގެ ފިލްމު "ދާއިރާ"ގެ މަސައްކަތްވެސް ކުރަމުންނެވެ. މިފިލްމުގައި ކަރީނާއެކު ފެނިގެންދާނީ ޕްރިތުވިރާޖް ސުކްމަރަން އެވެ. ޕްރިތިވްރާޖް ގެ އެންމެ އަވަހަށް ދެން ބެލުންތެރިންނަށް ފެނިގެންދާނީ ތެލަގޫ ފިލްމު އިންޑަސްޓްރީގައި އެންމެ މަގުބޫލް ޑައިރެކްޓަރު އެސްއެސް ރާޖާމޯލީ ބޮޑު ބަޖެޓެއްގައި، މިހާރު މަސައްކަތް ކުރަމުންދާ ފިލްމު "ވަނަރަސީ" އިންނެވެ. މަހޭޝް ބާބޫ އަދި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް މުހިއްމު ރޯތަކުން ފެނިގެންދާ މިފިލްމު ސިނަމާތަކަށް ނެރޭނީ 2027 ވަނަ އަހަރު އެޕްރީލް މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު