ނެތުމުގެ ތެރެއިން ތިބާ އުފައްދަވައި ދުނިޔޭގެ ޙަޔާތަށް ފޮނުއްވުމުގެ މަޤުޞަދު ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ٥٦﴾ މާނައީ: "ތިމަން ރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ." މާތް ﷲގެ އެއްކައުވަންތަކަމަށް އީމާންވެ، ފަރުޟު ފަސް ނަމާދު ޤާއިމުކުރުމަކީ، މި އާޔަތުގައި ބަޔާންކުރާ މަޤުޞަދު އެންމެ ބޮޑަށް ހާސިލުކޮށްދޭކަމެވެ. އެ ނަމާދަކީ ދީނުގެ ތަނބެވެ. އަދި ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ޙިސާބުބެއްލެވޭ އަޅުކަމެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރަށްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި ފިރިމީހާއީ އޭނާގެ އަނބިދަރީންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެފަރާތްތަކާ މެދު އޭނާއާ ސުވާލު ކުރެއްވޭނެއެވެ. އަދި އަނބިމީހާއީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތަކާއި ދަރީންގެ ބެލެހެއްޓުންތެރިޔާއެވެ. އަދި އެ ފަރާތްތަކާ މެދު އޭނާޔާ ސުވާލުކުރެއްވޭނެއެވެ." އެހެންކަމުން ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، އިހުމާލުވެއްޖެ ނަމަ، ދެމަފިރިން ފާފަވެރިވާނެއެވެ.
ދަރީންނަކީ ނަމާދަށް ލޯބިކުރާ ދަރީންތަކެއްކަމުގައި ހެދުމަށް ޓަކައި އަޅާން ޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި މައިން އިޚުތިޔާރުކުރުމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަންހެނަކާ ކައިވެނިކުރެވެނީ ހަތަރު ކަމަކަށް ޓަކައެވެ. އެއީ، އޭނާގެ މުދަލާއި، އޭނާގެ ޙަސަބާއި، އޭނާގެ ރީތި ކަމާއި، އޭނާގެ ދީންވެރިކަމެވެ. ފަހެ ތިބާ ދީންވެރި މީހާ އިޚުތިޔާރުކުރާށެވެ! އޭރުން މާތް ﷲ ތިބާއަށް ބަރަކާތްލައްވާނެތެވެ. ނޫން ނަމަ ތިބާ ފަޤީރުވެ ބަރުބާދުވެދާނެތެވެ."
ދެވަނަ ކަމަކީ ހެޔޮލަފާ ޞާލިޙު ތަޤުވާވެރި ދަރީން ދެއްވުން އެދި މާތް ﷲއަށް ދުޢާކުރުން މަތީ ދެމިހުރުމެވެ. ނަބީބޭކަލުންގެ ބަފައިކަލުން إِبْرَاهِيْم عَلَيْهِ السَّلَام އުމުރުފުޅުން ދުވަސްވެވަޑައިގެންފައި ވަނިކޮށް ދަރިކަލަކު ލިބިވަޑައިގަންނަވާނޭކަމުގެ ޚަބަރު ލިބިވަޑައިގަތުމުން މި ފަދައިން ދުޢާކުރެއްވިއެވެ. ﴿رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ ٣٧﴾ މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް ވާދީއެއްގައި، ޙުރުމަތްތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު ޤާއިމް ކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް ރިޒްޤު ދެއްވާނދޭވެ! (އެއީ) އެއުރެން ޝުކުރުވެރި ވުމަށްޓަކައެވެ."
ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. (صَلَاةُ الْـجَمَاعَةِ أَفْضَلُ مِنْ صَلَاةِ الفَذِّ بِسَبْعٍ وَعِشْرِيْنَ دَرَجَةً) މާނައީ: "އެކަނިހުރެކުރާ ނަމާދަށް ވުރެ ޖަމާޢަތުގައިކުރާ ނަމާދުގެ ޘަވާބާއި ދަރުމަ ހަތާވީސްގުނަ އިތުރުވެގެންވެއެވެ." ލުޤްމާނުގެފާނުގެ ދަރިކަލުންނަށް އެކަލޭގެފާނު ދެއްވި ނަސޭހަތް މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައި ވެއެވެ. ﴿يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ ١٧﴾ މާނައީ: "އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމުކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! އަދި ތިބާޔަށް ޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމުކަނޑައަޅާން ޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ."
އަދިވެސް މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ ١٣٢﴾ މާނައީ: "އަދި ކަލޭގެފާނުގެ އަހުލުވެރީންނަށް ނަމާދުކުރުމަށް އަމުރުކުރައްވާށެވެ! އަދި އެ ކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒުޤުދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއްނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒުޤުދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، ތަޤްވާވެރީންނަށެވެ."
ތިބާގެ ދަރީން މި މަތިވެރި ވާޖިބަށާއި ފިރިހެންދަރީން މިސްކިތުގައި ނަމާދު ޤާއިމުކުރުމަށް ލޯބިޖެއްސުމަށް ޓަކައި އެކަމުގައި ހުރި ދަރުމަޔާއި ޘަވާބުގެ ވާހަކަތައް ކިޔައިދީ އެކުދީންގެ ހިތްތަކުގައި މި ކަމަށް ލޯބިޖައްސުވާށެވެ. ޤިޔާމަތްދުވަހު މީސްތަކުންނާ އިރު ނުހަނު ކައިރިކުރެވޭނޭކަމާއި، އެ ދުވަހުގެ ގަދަ ހޫނުން މީސްތަކުންގެ ގައިން އޮހޮރޭ ދަލުން، ބިންގަނޑުގައި ކޯރުހެދި އެ މީހެއްގެ ޢަމަލުތައް ހުރި މިންވަރަކުން އޭގެތެރެޔަށް ގެނބި އެއް ބަޔަކު އޭގެ ތެރޭގައި ޣަރަޤުވާނޭކަމަށް ނަބަވީ އިރުޝާދުތަކުން އެނގޭން އެބަހުއްޓެވެ.
ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މާތް ﷲގެ ޢަރުޝިކޮޅުގެ ހިޔާވަހިކަން ފިޔަވައި އެހެން އެއްވެސް ހިޔާވަހިކަމެއްނުވާ ދުވަހު އެކަލާނގެ ޢަރުޝިކޮޅުގެ ހިޔާ ހަތް ބާވަތެއްގެ ބަޔަކަށް ދެއްވާނެއެވެ." އޭގެ ތެރެއިން އެއްބަޔަކީ "މިސްކިތަށް ހިތްޖެހިފައިވާ މީހާ، އެބަހީ: ނަމާދުތަކަށް އިންތިޒާރުކޮށް އެއަށް ރައްކާތެރިވާ މީހުންނެވެ."
ހިތާމައަކީ މިއަދު ނަމާދުގެ ވަގުތުތަކަށް ސަމާލުކަން ދިނުމެއްނެތި ކުޅިވަރު ހަރަކާތްތަކާއި ތަފާތު ޕުރޮގުރާމުތައް އެކިއެކި މުއައްސަސާތަކުން ރާވައި ނަމާދު ވަގުތު ފާއިތުވެދާ އިރު ވެސް އަހަރެމެންގެ ދަރީންނާއި ޒުވާނުން އެ ކަމުގެ ތެރޭގައި މަޝްޣޫލުކުރުވާކަމެވެ. ތިމާ މީހާ ނަމާދުކޮށްފައި، ނަމާދުތައް ފާއިތުވެދާ އިރު ވެސް ދަރީން ޓީވީ ބެލުމާއި ތަފާތު ގޭމުތައް ކުޅޭން ދޫކޮށްލައިފައި ބައިތިއްބާ ނަމަ ތިބާ މާތް ﷲއަށް ބިރުވެތިވެ ޚަބަރުދާރުވާށެވެ!
(މަސްދަރު: 09 ޖެނުއަރީ 2026ގެ ހުކުރު ޚުތުބާ)

ކިޔުންތެރިންގެ ހިޔާލު