ހޯރަފުށީ އެއަރޕޯޓް ފަޅާލައި އެއަރކާގޯ 2 ޕާރުސަލް ވަގަށް ނަގައިފިއެވެ.
ފުލުހުން މިއަދު ބުނީ، ހއ. ހޯރަފުށީގައި ހުންނަ މޯލްޑިވިއަން އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ 2025 ޑިސެންބަރު 28 ވަނަ ދުވަހުގެ 03:58 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
"މިހާތަނަށް ބެލިބެލުމުން އެ އޮފީހުން ވަގަށް ނަގާފައިވަނީ ކާގޯ ދެ ފޮށިގަނޑުކަން އެނގިފައިވޭ. މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވޭ." ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިހެން ބުނެފައިވާއިރު މި ޙާދިސާގައި މޫނު ނިވާކޮށްގެން ހުރި މީހާ އެއަރޕޯޓްގެ ސެކިއުރިޓީންނަށް ބިރު ދެއްކުމަށްފަހު އައިލެންޑް އޭވިއޭޝަން އޮފީހުގެ ދޮރު ހަލާކު ކޮށްލީ ކަށިގަނޑެއް ކަހަލަ އެއްޗެއް ބޭނުން ކޮށްގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ޕާރުސަލްތައް ހިފައިގެން އެމީހާ ގޮސްފައިވަނީ ސައިކަލެއްގައެވެ.
އޭގެއިތުރުން ހޯރަފުށީ އެއަރޕޯޓް ފަޅާލައިގެން ގެންދިޔައީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ ޕާރުސަލް ކަމަށް ބުނާ ޚަބަރުތަކެއް މީޑިއާގައި މިހާރުދަނީ ދައުރުވަމުންނެވެ.
މީގެ ކުރިން ވެލާނާ އެއަރޕޯޓުގައި މޫނު ނިވައިކޮށްގެން ތިބި ބަޔަކު، ބީއެމްއެލްގެ މުވައްޒަފުންނަށް ބިރުދެއްކުމަށްފަހު، ވަގަށް ގެންދިޔަ 130,000 އެމެރިކާ ޑޮލަރުވެސް ފުލުހުންނަށް ހޯދިފައެއް ނުވެއެވެ.
ފުލުހުން ބުނީ ހޯރަފުށީ އެއަރޕޯޓް ފަޅާލި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު