ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

މިކަން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިއަދު ކަމަށެވެ. މިދަތުރުފުޅުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރާއްޖޭން ބޭރަށް ކުރަށްވާ ނުރަސްމީ ދަތުރުފުޅުތަކުގެ ތަފްސީލުތައް ރައީސް އޮފީހުން ހާމަކުރަށްވަމުންނެއް ނުދެއެވެ.

ރައީސް ޑރ. މުޢިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައިވާއިރު ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް މިދިޔަ ޖޫން މަހުގެ 29 ގައި އެމަނިކުފާނު ވަނީ ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއްވެސް ކުރަށްވާފައެވެ.

2023ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ވެސް، އެންމެ ފުރަތަމަ ރައީސް މުޢިއްޒު ވަޑައިގެންނެވީ ސިންގަޕޫރަށެވެ. އޭގެފަހުން ދޭތެރެ ދޭތެރެއިން އެމަނިކުފާނު ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅުތައް ކުރަށްވައެވެ.



ކިޔުންތެރިންގެ ހިޔާލު