ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
އެއްބައިވަންތަކަމުގެ ރޫހު ދެމެހެއްޓުމަށް ދިވެހި ރައްޔިތުންނަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރަށްވައިފިއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި މިއަދު ޙިއްސާކުރެއްވި މެސެޖެއްގައެވެ. އެގޮތުން ރައީސް ޞާލިޙް ވިދާޅުވީ، މިއަދަކީ 2004 ވަނަ އަހަރު ކުރިމަތިވި ބިރުވެރި ސުނާމީ ކާރިސާގައި ދިވެހިންނާ ވަކިވި ފަރާތްތަކުގެ ހަނދާންތައް އައުކުރާ ދުވަހެއް ކަމަށެވެ. "އެއްބައިވަންތަކަމުގެ ދުވަހުގައި ސުނާމީ ކާރިސާގައި ޝަހީދުވި ފަރާތްތަކުގެ ހަނދާނާއި ޛިކުރާ އައު ކުރަން،" ރައީސް ސޯލިހު ލިޔުއްވާފައިވެއެވެ.

ހަމައެއާއެކު އެމަނިކުފާނުގެ މެސެޖުގައި، ސުނާމީ ކާރިސާގެ އެދަތި ވަގުތުގައި ދިވެހި ރައްޔިތުން ދެއްކި އެކުވެރިކަމަކީ ނަމޫނާއެއްކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ދިވެހީން އެދުވަހު ދެއްކި ބަދަހި ގުޅުމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގައި ދެއްކި ރިވެތި މިސާލާއި، ކުރިއަށް އޮތް ތަނުގައިވެސް ބަދަހި ބައެއްގެ ގޮތުގައި ދެމިތިބުމުގެ މުހިންމުކަން ރައީސް ޞާލިޙް ވަނީ ފާހަގަ ކުރަށްވާފައެވެ.

ރައީސް ސޯލިހު ވަނީ އެދުވަހު ދިވެހީން ދެއްކި ހިތްވަރާއި ކެތްތެރިކަމުން ހިތްވަރު ލިބިގަނެ، އަބަދުވެސް އެކުވެރި ބައެއްގެ ގޮތުގައި ތިބުމަށް ދިވެހި އުންމަތަށް ގޮވާލައްވާފައެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު، ދިވެހީންގެ މި ޖީލު ދުށް ސުނާމީގެ ބޮޑު ކާރިސާ ކުރިމަތިވީތާ މިއަދަށް ފުރުނީ 21 އަހަރެވެ.



ކިޔުންތެރިންގެ ހިޔާލު