މައްސަލާގައި ހައްޔަރުކުރި މީހުން
މައްސަލާގައި ހައްޔަރުކުރި މީހުން
ޖިނާއީ ކުށެއް ކުރަން އުޅޭކަމަށް ތުހުމަތުކުރެވިގެން ޗެކްކުރަން މަސައްކަތްކުރި ވަގުތު، ފުލުހަކަށް ހަމަލާދިން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 4:15 ހާއިރު މި ހާދިސާ ހިނގީ، މާލޭގެ އިއްޒުއްދީން މަގާއި ގަނދަކޯޅި މަގު ގުޅޭ ކަންމަތީގައި ކަމަށެވެ.

އެގޮތުން އެމީހުން ބަލައިފާސްކުރަން އުޅުމުން އެކަމަށް ހުރަސް އަޅައި އަމުރަށް ނުކިޔަމަންތެރިވެ، ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތަށް ހައްޔަރުކުރީ ފުވައްމުލައް، މިސްކިތްމަގު، ކެމީ، އަހުމަދު ރަޒީން އާއި ފުވައްމުލަކު، ފުނާޑު، ނަމަން، ނާފިއު އިބްރާހީމް އަދި ގދ. ވާދޫ، އިރާކުވިލާ، މުހައްމަދު ލުވޭޒް އެވެ.

ފުލުހުން ބުނީ އެ ތިން މީހުން ހައްުޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ރަޒީން ފަސް ދުވަހަށް، ނާފިއު ދެ ދުވަހަށް އަދި ލުވޭޒް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އޭގެއިތުރުން ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކުރި އެންމެންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށާއި، މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު