ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން
ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން
ލޯބީގެ ގޮތުން ގުޅުން އުފައްދައިގެން މިއަހަރު 16 ސްކޭމެއް ހިންގި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިއަދު އެންޓި ސްކޭމް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ، މިދިޔަ ދިހަ މަހުގެ ތެރޭގައި، ފުލުހުންނަށް ހުށައެޅި 1،663 ސްކޭމްގެ މައްސަލައިގެ ތެރޭގައި ލޯބީގެ ގޮތުން ގުޅުން އުފައްދައިގެން 16 ސްކޭމެއް ހިންގިކަން ފާހަގަވާ ކަމަށެވެ.

ފުލުހުން ބުނީ، މިއަހަރު 12 ބާވަތެއްގެ ސްކޭމްގެ މައްސަލަތަކުގައި 22.7 މިލިއަން ރުފިޔާ ގެއްލިފައިވާއިރު، އޭގެތެރެއިން ހޯދިފައި ވަނީ އެންމެ 8.5 މިލިއަން ރުފިޔާ ކަމަށެވެ.

ހަމައެއާއެކު ފުލުހުން ބުނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިފަހުން ގެނައި އިސްލާހާއެކު، ސްކޭމު ކޮށްގެން ހޯދާ ފައިސާ ޖަމާކުރާ ބޭންކު އެކައުންޓު ވަގުތުން ފްރީޒްކުރުމުގެ ބާރު ފުލުހުންނަށް މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެބާރުގެ ބޭނުންކޮށްގެން މިއަހަރު 2،946 ބޭންކު އެކައުންޓު ފުލުހުން ވަނީ ފްރީޒް ކޮށްފައެވެ.

އޭގެއިތުރުން މިދިޔަ ދިހަ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅި މައްސަލަތަކުން ހަ މައްސަލައެއް ޕްރޮސެކިއުޓް ކުރެވުނު ކަމަށާއި 662 މައްސަލައަކަށް ހައްލު ހޯދައިދެވުނު ކަމަށް ފުލުހުން މިއަދު ހާމަކޮށްފައިވެއެވެ.

އަދި މިހާރުވެސް ސްކޭމްގެ 111 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު