ލޯންޗުގައި ރޯވެފައި
ލޯންޗުގައި ރޯވެފައި
މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު 10:12 ހާއިރު ކަމަށެވެ. އެގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާފުށި ފަޔަރ ސްޓޭޝަނަށް މި ރިޕޯޓް ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

"ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 10:20 ހާއިރުއެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

މި ލޯންޗުގައި އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު ކަމާބެހޭ އިދާރާތަކުން މިހާރުދަނީ ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު