މާތްﷲ ވަނީ ހަނދު ދެފަޅި ކުރަށްވައި މުޢުޖިޒާތެއް ދައްކަވާފައެވެ. މައްކާގެ މުޝްރިކުން ބޭނުންވީ ކީރިތި ރަސޫލާ މުޙައްމަދު ﷺ އަކީ ތެދުވެރި ރަސޫލެއްކަން ޔަގީން ކުރުމަށްޓަކައި މުޢުޖިޒާތެއް ފެނުމަށެވެ. އެހެންކަމުން، މާތްﷲ، އެއުރެންނަށް ހަނދު ދެބައި ކުރަށްވައި، އަދި އެއަށްފަހު އެހަނދު އަލުން ގުޅުއްވައި ކުރިން އޮތް ގޮތަށް އިޢާދަ ކުރެއްވުމުގެ މުޢުޖިޒާތް ދެއްކެވިއެވެ.
"ޤިޔާމަތް ވުމުގެ ވަގުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. އަދި އެއުރެންނަށް ހެތްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެތެވެ. އަދި ބުނެތެވެ. މިއީ ދެމިހުންނަނިވި ޖާދޫއެކެވެ. އަދި އެއުރެން (ޙައްޤު ބަސްފުޅު) ދޮގުކުޅައޫއެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް އެއުރެން ތަބަޢަ ވިއެވެ. ކޮންމެކަމަކީ ނިމުމަކަށްގޮސް ހަމަޖެހޭނެ ކަމެކެވެ." (އަލް ޤަމަރު 1-3)
ހަނދު ދެފަޅި ކުރެއްވި މި މުޢުޖިޒާތަކީ އެ މަންޒަރު ލޮލުންދުށް ހެކިންގެ ފަރާތުން ޖީލުން ޖީލަށް މި ޢިލްމު ނަގުލުވެފައިވާ ކަމެކެވެ. މި މުޢުޖިޒާތަކީ މުސްލިމުންނާއި ޣައިރު މުސްލިމުންނަށްވެސް ކީރިތި ޤުރުއާނަށް އޮންނަ އީމާންތެރިކަން އިތުރުކުރުވުމަށް ލިބޭ ހިތްވަރެކެވެ. މި މުޢުޖިޒާތުގެ ސަބަބުން އިރު، ބިން، އަދި ހަނދުގެ އެނބުރުމާ ބެހޭގޮތުން އިތުރަށް ދިރާސާކުރުމަށް ދިރާސާވެރިންނަށް މަގުފަހިވެގެންދިޔައެވެ. ދެވަނަ ޤަރުނުން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން ހުޅަނގުގެ ސައިންސްވެރިންނާއި ފިލޯސަފަރުން ބުނަމުންދިޔައީ ކާއިނާތުގެ މެދުގައި ވަނީ ބިން ކަމަށާއި، ތަރިތަކާއި ހަނދާއި އިރު ބިމުގެ ވަށައިގެން އެނބުރޭ ކަމަށެވެ. ނަމަވެސް، އިރުވެސް ދައުރުވާކަން ޤުރުއާނުގައި ވަނީ ބަޔާންކުރައްވާފައެވެ.
އޭގެފަހުން 1512 ވަނަ އަހަރު، ނިކޮލަސް ކޮޕަރނިކަސް ވަނީ "ހީލިއޯސެންޓްރިކް" ތިއަރީ ހުށަހަޅާފައެވެ. އެ ތިއަރީ ބުނާގޮތުން އިރު ހުންނަނީ ސޯލާ ސިސްޓަމްގެ މެދުގައި ހަރަކާތެއް ނެތި އެވެ. އަދި ގުރަހަތައް އިރުގެ ވަށައިގެން އެނބުރެނީއެވެ. ފަހުން 1609 ވަނަ އަހަރު، ޖަރުމަނުގެ ސައިންސްވެރިއެއް ކަމަށްވާ ޔޯހަނަސް ކެޕްލަރ ވަނީ "އެސްޓްރޮނޯމިއާ ނޯވާ" ޝާއިޢުކޮށްފައެވެ. އޭނާ ވަނީ ގުރަހަތައް އިރުގެ ވަށައިގެން ދައުރުވަނީ ކަނޑައެޅިފައިވާ ދާއިރާއެއްގައި (އެލިޕްޓިކަލް އޯބިޓްސް) ގައި ކަމަށާއި، އެ ތަކެތި އަމިއްލަ ދަގަތްފާނީ ބާރުމިނުގައި އެނބުރޭކަމަށް ބުނެފައެވެ.
މި މަޢުލޫމާތާއެކު، ދުވާލާއި ރޭގަނޑު ތަރުތީބުވާ ގޮތް ދިރާސާ ކުރުމަށް ސައިންސްވެރިންނަށް ފުރުޞަތު ލިބުނެވެ. މި ހޯދުންތަކުގެ ސަބަބުން، ބިމާއި ހަނދާއި ޚިލާފަށް އިރަކީ އެއްވެސް ހަރަކާތެއް ނެތް އެއްޗެއް ކަމަށް މީހުންނަށް ހީވިއެވެ.
ކީރިތި ޤުރުއާނުގައި މާތް الله ވަޙީ ކުރެއްވިއެވެ. "އެކަލާނގެއީ، ރޭގަނޑާއި ދުވާލު، އަދި އިރާއި ހަނދު ހެއްދެވި ރަސްކަލާނގެއެވެ. އެއިން ކޮންމެ އެއްޗެއްމެ، ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ." (އަލް-އަންބިޔާ: 33) މި އާޔަތަށް ބަލާއިރު، އިރަކީވެސް އޭގެ އަމިއްލަ މަގުގައި ދައުރުވުމަށް ހައްދަވާފައިވާ އެއްޗެއްކަން އެނގެއެވެ. ޤުރުއާނުން ފެންނަން އޮތް މި ހަޤީޤަތް މިހާރުގެ ސައިންސްގެ ހޯދުންތަކުން ވަނީ ސާބިތުވެފައެވެ.
ސައިންސް ބުނާގޮތުގައި އިރު އޭގެ އަމިއްލަ މަގުގައި ބުރުޖަހައި ނިންމުމަށް 25 ދުވަސް ނަގައެވެ. އަދި ސޫރަތުލް ޔާސީންގެ 40 ވަނަ އާޔަތުގައިވެސް އިރު ދައުރުވާކަމުގެ ދަލީލު ލިބެއެވެ: "ހަނދު އަތުލައިގަތުމަކީ، އިރަށް އެކަށީގެންވާ ކަމެއްނޫނެވެ. އަދި ދުވާލަށްވުރެ ރޭގަނޑު ކުރިއަރައި ދާކަމަކަށްވެސް ނުމެވޭމެއެވެ. އަދި އެއިން ކޮންމެ އެއްޗެއްމެ ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ."
(މަސްދަރު: https://scienceandquran.com/sermons/quran-vs-modern-science-moon-split-in-two)

ކިޔުންތެރިންގެ ހިޔާލު