ރާއްޖޭއިން ބޭސް ލިބުމަށް ދަތިވެފައި ވާަތީ އެ މައްސަލައާ ގުޅިގެން އާސަންދަ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދިއްޖެއެވެ.
މިކަމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ސިޓީއެއް ފޮނުވީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އެގޮތުން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީގައި ކުޑޫ ވަނީ މިދިޔަ އަހަރުން ފެށިގެން ބޭސް ސިޓީއަށް އަމިއްލަ ބޭސްފިހާރަތަކުންނާއި އާސަންދައިގެ ދަށުން އަދި އެސްޓީއޯއިން ބޭސް ނުލިބޭ ކަމުގެ މައްސަލަތައް އާންމުން ހުށަހަަޅަމުންދާ ކަމަށް ވިދާޅުވެފައެވެ.
"ހަކުރު ބަލި، ކެންސަރު އަދި ލޭގެ ޕްރެޝަރު ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އެ ލިބޭނޭ ގޮތް އަބަދުވެސް ކަށަވަރުވާން ޖެހޭ ބޭސްތަކެއް. މިކަމަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި މިގޮތަށް ހިނގި ކަންކަމެއް ނޫން. މުޅި ދުނިޔެއަށް ދިމާވި ކޮވިޑު ގެ އާލަމީ ވަބާގެ ތެރޭގައިވެސް ބޭސް ލިބުން މިހާ ދައްޗެއް ނުވޭ." ކުޑޫ ވިދާޅުވިއެވެ.
އެހެންކަމުން ކުޑޫ ވަނީ އެ ދެ އިދާރާ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރު ކޮށްދިނުމަށް އެދިފައެވެ.
ބައެއް ބާވާތްތަކުގެ ބޭސް ރާއްޖެއިން އެއްވެސް ވަރަކަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ކުޑޫ ވިދާޅުވީ ބޭސްފަދަ އަސާސީ ހިދުމަތަކަށް މިފަދަ ލޮޅުންތަކެއް އަރައިގެން މިއުޅެނީ ކީއްވެތޯ މިހާރުން މިހާރަށްވެސް ބަލައި މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅިގެން ދިޔުމަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންކަމެއް ކަމުގައެވެ.
މިއީ މިހާރު ގިނަ ބައެއްގެ ކަންބޮޑުވުން ހުރި މައްސަލައަކަށް ވެފައިވާއިރު، ކުޑޫ ވަނީ މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މިދިޔަ ނޮވެމްބަރު 26 ގައިވެސް މަޖިލީހަށް މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަނެ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު