އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ، އަލީ ނަދީމް (ނަދަމާ) ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވަނީ، ނެތް ރެކޯޑެއް އޮތްކަމަށް ފުލުހުންގެ ފަރާތުން ކޯޓުގައި ދައްކައިގެން ކަމަށް އޭނާގެ ދިފާޢީ ވަކީލް އިބްރާހިމް ޝަމީލް މިއަދު ހައިކޯޓުގައި ބުނެފަިއެވެ.
ސ. ހިތަދޫ ކޮންމުލި، އަލީ ނަދީމްގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 30 ދުވަސް ދީފައިވާއިރު، އެ ނިންމުން ބާތިލުކުރުމަށް އެދި ހައި ކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމުގައި ނަދީމްގެ ވަކީލު ވިދާޅުވީ، ފުލުހުން އޭނާ ބަންދަށް އެދި ހުށަހެޅި ފޯމުގައި ހެއްކާއި ގަރީނާގެ ގޮތުގައި ކުށުގެ ރެކޯޑު އޮތްކަން ފާހަގަކޮށްފައިވާ ކަމަށެވެ.
ނަމަވެސް ހަގީގަތުގައި ނަދީމްގެ ކުށުގެ ރެކޯޑެއް ނެތް ކަމަށާއި، ރެކޯޑު ނެތީސް އެކަން އެގޮތަށް ބަޔާންކޮށް ކޯޓަށް ހުށަނޭޅޭނެ ކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ދަށު ކޯޓުގެ ގާޒީ ބަންދުގެ މުއްދަތު ދިނުމުގައި، ނެތް ރެކޯޑަކަށް ރިއާޔަތް ކުރެއްވިއިރު، އޭނާގެ ރެކޯޑެއް ނެތް ކަމަށް ދައުލަތުން ވެސް އިންކާރުކޮށްފައިނުވާކަން ދިފާއުން ފާހަގަކުރި އެވެ.
މީގެ އިތުރުން ނަދީމްގެ ވަކީލު ފާހަގަކުރެއްވި ގޮތުގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ސިއްރުކޮށްގެންނެވެ. ޝަރީއަތް ސިއްރުކުރަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްއިރު އަދި ފުލުހުން ވެސް އެކަމަށް އެދިފައިނުވާއިރު، އަޑުއެހުން ސިއްރުކޮށްފައިވަނީ އިންސާފުގެ ހަމަތަކާ ދުރުން ކަމަށް ވަކީލު ވިދާޅުވިއެވެ. މިކަމާ ގުޅިގެން ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވީ އިޖުރާއަތާ ހިލާފަށް ކަންކަން ދިޔަ ނަމަވެސް އަމުރު ބާތިލުވާން ނުޖެހޭނެ ކަމަށެވެ.
ހައި ކޯޓުގައި ކުރިއަށް ދިޔަ މި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފަ އެވެ. ދެން އޮންނާނީ މި މައްސަލައިގައި ހައި ކޯޓުން ގޮތެއް ނިންމުމެވެ. މިދިޔަ މާޗު މަހުން ފެށިގެން ހިންގި ތަހުގީގަކަށްފަހު ނަދީމް ހިމެނޭހެން 10 މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.
އައްޑޫ ސިޓީ ހިތަދޫގައި އެންމެ ހަރަކާތްތެރި އެއް ގްރޫޕު "މައިލޯ"ގެ ކުރީ ސަފުން ފެންނަ ނަދީމްގެ ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މިއަހަރު މާޗް މަހުން ފެށިގެން ކަމަށާއި އެ ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ހޯދިފައިވާ ކަމަށް މީގެ ކުރިން ފުލުހުން ހާމަކޮށްފައިވެއެވެ.
އެގޮތުން ފާއިތުވި ފަސް އަހަރު އެ ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު